Shaahee Kaiveni: Gina Bayakah Emme Kamu Dhiyaee Bechamge Hedhun
image
ބެކަމް ވިކްޓޯރިއާއާއި އެކު އިއްޔެގެ ރަސްމިއްޔާތުގައި---
1 ކޮމެންޓް
 

ޝާހީ ކައިވެނި: ގިނަ ބަޔަކަށް އެންމެ ކަމުދިޔައީ ބެކަމްގެ ހެދުން

ޕްރިންސް ހެރީ މެގަން ާކެލްއާއި އިއްޔެ ކައިވެނި ބައްލަވައިގެންނެވި އިރު އެތައް މިލިޔަން ބަޔަކު ދިޔައީ އެރަސްމިއްޔާތު ޓީވީ މެދުވެރިކޮށް ވަގުތުން ބަލަމުންނެވެ. އިއްޔެ ހަވީރު އެރަސްމިއްޔާތު ބެލި ދިވެހިން ވެސް މަދެއް ނުވާނެއެވެ. އޭގެއިތުރުން އެ ކައިވެނި ފާހަގަކޮށް ރަސްމިއްޔާތުތައް ބަލާލުމަށް އެތައް ބަޔަކު އިނގިރޭސިވިލާތުގެ މަގުތަކަށް ވެސް ނުކުތެވެ. kobadoctor
ރަސްމިއްޔާތުގައި މަޝްހޫރު އެތައް ބަޔަކު ބައިވެރިވި އިރު އެތަރިންގެ ހަރަކާތްކަށާއި އެތަރިން އަޅައިގެން ތިބި ހެދުންތަކަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

ރަސްމިއްޔާތަށް އެންމެ ކުރިން ދިޔަ ތަރިންގެ ތެރޭގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްއާއި އަންހެނުން ވިކްޓޯރިއާ ހިމެނެއެވެ. އެތައް ބައެއްގެ ސަމާލުކަން ބެކަމްއަށް ހުއްޓުނީ މައިގަނޑު ދެ ސަބަބަކާ ހެދިއެވެ. އެއީ ބެކަމް ލައިގެން ހުރި ހެދުމުގެ ފުރިހަމަ ކަމުންނާއި، މެންޗެސްޓާގައި ދިން ބޮމުގެ ހަމަލާއިން ސަލާމަތްވި ކުއްޖާއާއެކު ފޮޓޯއަކަށް ހުއްޓިލުމުންނެވެ.

ކައިވެނީގެ ރަސްމިއްޔާތު އޮތް ތަނަށް ވަންނަން ދިޔަ މަގުމަތީގައި ބެކަމްވަނީ އޭނާއަށް 12 އަހަރުގެ އެމީލިއާ ތޮމްޕްސަން ފެނުމުން ކުއްލިއަކަށް އެމީލިއާއާއި އެކު ފޮޓޯއެއް ނެގުމަށް ހުއްޓިލާފައެވެ.

ބެކަމް އެރަސްމިއްޔާތަށް ދިޔައީ ކިމް ޖޯންސްގެ ޑިއޮ ހޯމް ޑިޒައިންސްގެ ސޫޓެއްގައެވެ. އެންމެ ގިނަ ބެލުންތެރިން ބެކަމްއަށް ތައުރީފު ކުރި ސަބަބަކީ ވެސް އެއީއެވެ.

ބައެއް މީހުން ސޯޝަލް މީޑިއާގައި ބެކަމްސިފަ ކުރީ އިއްޔެގެ ރަސްމިއްޔާތަށް ދިޔަ އަސްލު ރަސްގެފާނުގެ ގޮތުގައެވެ.
ހިޔާލު

އަސްލަމް

ކޮބާ އެއްކަލލަ ނިއުމަ