League Thataeku Juvetus Inn Buffon Ah Alvadhaau Kiyaifi
image
0 ކޮމެންޓް
 

ލީގު ތައްޓާއެކު ޔުވެންޓަސްއިން ބުފޮންއަށް އަލްވަދާއު ކިޔައިފި

ޔުވެންޓަސްއަށް 656 މެޗު ކުޅެދިން ޓީމުގެ އިތުބާރު ކީޕަރ ބުފޮން އެޓީމު ދޫކޮށްލައިފި އެވެ.
އުމުރުން 40 އަހަރުގެ ބުފޮން ޔުވެންޓަސް ދޫކޮށްލާނެކަން ކަށަވަރު ކޮށްދީފައިވާއިރު އޭނާ ވަނީ އިއްޔެ އެޓީމަށް އެންމެ ފަހު މެޗު ކުޅެދީފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި އޭނާއަށް ހާއްސަ "ގާޑް އޮފް އޮނާ" އަކާއެކު އޭނާ ދަނޑުން ފޭބިއިރު އޭނާއަށް އެޓީމުގެ ސަޕޯޓަރުން ވަނީ ޝުކުރުގެ މެސެޖުތައް އޮއްސާލާފައެވެ.

ދުނިޔޭގެ އެންމެ ހުނަރުވެރި ކީޕަރުންގެ ތެރޭގައި ހިމެނޭ ބުފޮން ޔުވެންޓަސް ދޫކޮށްލަން ނިންމައިރު އޭނާ ވަނީ ދާދިފަހުން ގައުމީ ޓީމަށް ކުޅުން ވެސް ހުއްޓާލާފައެވެ. ބުފޮން ޔުވެންޓަސް ދޫކޮށްލާނެކަން ހާމަކުރި ކަމުގައި ވީނަމަވެސް އޭނާ ދެން ބަދަލުވާނީ ކޮން ޓީމަކަށް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރޭ އިޓަލީގު ފަހު މެޗުގައި ޔުވެންޓަސް ނިކުތީ ރެލެގޭޝަން ކަށަވަރުވެފައިވާ ޓީމު، ވެރޮނާއާ ދެކޮޅަށެވެ. މި މެޗު ޔުވެންޓަސްއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ކާމިޔާބުކޮށް އެޓީމުން ލީގު ތަށި އުފުލާލާފައިވާއިރު މިއީ ޖެހިޖެހިގެން އެޓީމުން ލީގު ކާމިޔާބު ކުރި 7 ވަނަ ފަހަރެވެ.
ހިޔާލު