Mudhaa Import Kurevunu Minvaru 16 Percent Ithuruvehje
image
ކޮންޓެއިނަރެއް ކްލިއާ ކުރަނީ--ފޮޓޯ ކަސްޓަމްސް
0 ކޮމެންޓް
 

މުދާ އިމްޕޯޓް ކުރެވުނު މިންވަރު 16 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ އެޕްރީލް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު 16 އިންސައްތަ އިތުރުވެއްޖެއެވެ.
ކަސްޓަމްސް އިން ހާމަ ކުރި ގޮތުގައި 2017 ވަނަ އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް 3.25 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. މިއަހަރުގެ އެޕްރީލް މަހު އެ އަދަދު ވަނީ 3.77 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 21 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރުން 13 އިންސައްތަ އަދި ޗައިނާ އިން 12 އިންސަައްތަ މުދާ ވަނީ އިމްޕޯޓުކޮށްފައެވެ.

އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު މިދިޔަ މަހު 31 އިންސައްތަ އިތުރުވެފައެވެ. މިއަހަރުގެ އޭޕްރީލް މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 262 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ އޭޕްރީލް މަަހު ލިބިފައިވަނީ 200 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މިންވަރު ވަނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު 77 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު 208 މިލިއަން ރުފިޔާގެ މުދާ ރައްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ އެޕްރީލް މަހު 368 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ އޭޕްރިލް މަހު އެކްސްޕޯޓްކުރި މުދަލުގެ 50 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، އަށް އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ.
ހިޔާލު