Haramfulhugai Beynunkuramundhiya Crane eh Furolhaalaifi
image
ކެރޭނު ފުރޮޅާލާފައި
0 ކޮމެންޓް
 

ހަރަމްފުޅުގައި ބޭނުންކުރަމުންދިޔަ ކެރޭނެއް ފުރޮޅާލައިފި

ހަރަމްފުޅުގައި މަސައްކަތެއް ކުރުމަށް ބޭނުން ކުރަމުންދިޔަ ކެރޭނެއް ފުރޮޅާލައިފިއެވެ.
ސައުދީ އަރަބިއްޔާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ކެރޭނު ފުރޮޅާލައިފައިވަނީ އާދިއްތަ ދުވަހުއެވެ. ކެރޭނު ފުރޮޅާލި ސަރަހައްދަކީ ނަމާދު ކުރާ މީހުންނާއި އުމްރާވެރިން ހަރަކާތްތެރިވާ ސަރަހައްދެއް ނޫން ކަމަށް ސައުދީ އަރަބިއްޔާއިން ބުނެއެވެ.

ކެރޭނު ފުރޮޅާލުމުގެ ސަބަބުން ކެރޭންގެ ޑްރައިވަރަށް ކޮންމެވެސް ވަރަކަށް ވަނީ އަނިޔާވެފައެވެ. އެހާދިސާގައި އިތުރު މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ސައުދީގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ކެރޭނު ފޮރުޅާލީ ކީއްވެގެންކަން ސައުދީގެ ނޫސްތަކުން ރިޕޯޓުކޮށްފައިނުވެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ތެރޭގައި ސައުދީގައި ކެރޭނެއް ވެއްޓި ގިނަ އަދަދެއްގެ ހައްޖާޖީން ވަނީ ނިޔާވެފައެވެ.
ހިޔާލު