Coca-Cola ge Isthihaareh Furathama Faharah Raajje gai Hadhaifi
image
0 ކޮމެންޓް
 

ކޮކަ ކޯލާގެ އިސްތިހާރެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހަދައިފި

ދުނިޔޭގެ ލީޑިންގް ބޭވަރޭޖް ކުންފުނި، ކޮކަ ކޯލާގެ އިސްތިހާރެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހަދައިފިއެވެ. Dhiraagu
އެ އިސްތިހާރު ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ފިލްމީ ތަރި އަހުމަދު ނިމާލެވެ. ފިލްމީ ތަރި އަހުމަދު ނިމާލާއި ޝީލާ ނަޖީބް ފެނިގެންދާ އެ އިސްތިހާރު ހަދާފައިވަނީ ޗޮޕާޓް އިންނެވެ.

އިސްތިހާރުގައި ފެނިގެންދަނީ އާއިލާއަކުން ރޯދަ ވީއްލުމަށް ތައްޔާރުވަމުންދާ މަންޒަރެވެ. އެގޮތުން ކާއެއްޗެހި ތައްޔާރު ކުރާ މަންޒަރު ފެނިގެންދެއެވެ. އަދި ކޮކާ ކޯލާ ފުޅިއެއް ގެނައުމުން އާއިލާއަށް ލިބިގެންދާ އުފާވެރިކަން އެ އިސްތިހާރުން ފެނިގެންދެއެވެ.

އިސްތިހާރާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކޮކަ ކޯލާގެ ރާއްޖެ އަދި ބޫޓާންގެ ކަންޓްރީ މެނޭޖަރު އަބްހިޖިތު ލަހިރި ވިދާޅުވީ ދިވެހި އާއިލާތަކަށް ރަމަޟާން މަހަކީ މުހިންމު މަހެއް ކަމަށެވެ. އަދި ކޮކާ ކޯލާގެ ބޭނުމަކީ އޯގާތެރިކަމާއި އެކުވެރިކަން އާލާކުރުން ކަމަށް އަބްހިޖިތު ވިދާޅުވިއެވެ.
ހިޔާލު