Mushroom ge Viha Baavatheh Kevi 800 ah Vureh Gina Meehun Viha Vejje
image
0 ކޮމެންޓް
 

މަޝްރޫމްގެ ވިހަ ބާވަތެއް ކެވި 800 އަށްވުރެ ގިނަ މީހުން ވިހަވެއްޖެ

މަޝްރޫމްގެ ވިހަ ބާވަތެއް ކެވުމުގެ ސަބަބުން އީރާންގެ 800 އަށްވުރެ ގިނަ މީހުންނަށް ވިހައިގެ އަސަރުކޮށްފިއެވެ. Dhiraagu
އެ ބާވަތުގެ މަޝްރޫމް ކެވުމުގެ ސަބަބުން މިހާތަނަށް 11 މީހަކު މަރުވެފައިވާއިރު އެތައް ސަތޭކަ ބަޔަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ. އެ ވިހައަށް ދެވޭނެ ފަރުވާއެއް އަދި ހޯދިފައިނުވާ ކަމަށް އީރާނުން ބުނެއެވެ.

އެ މަޝްރޫމްތަކަކީ ދެން ހުންނަ މަޝްރޫމްތަކާއި ތަފާތެއް ނެތް މަޝްރޫމްތަކެއް ކަމަށް އީރާނުން ބުނެއެވެ. ވިހަ މަޝްރޫމް ކެވުމުގެ ސަބަބުން ދެ މީހެއްގެ ލިވާ ވަނީ ބަދަލު ކުރަން ޖެހިފައެވެ.

އީރާނުގެ މަގުމަތީގައި މަޝްރޫމް ފަދަ ތަކެތި ވިއްކުމަކީ އާންމު ކަމެކެވެ. ނަމަވެސް އެ ފަދަ މަޝްރޫމު ނުގަތުމަށާއި ރައްކާތެރިކަމާއެކު ބަންދު ކުރެވި ފިހާރަތަކުގައި ވިއްކަން ހުންނަ މަޝްރޫމް ގަތުމަށް މިހާރު ވަނީ އީރާނުގެ ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައެވެ.
ހިޔާލު