Valencia Balikoh TC Thaavaluge 3 Vana Ah
image
ޓީސީގެ ދެ ކުޅުންތެރިން އުފާފާޅު ކުރަނީ ފޮޓޯ:-- ނިޝާލް އަލީ
0 ކޮމެންޓް
 

ވެލެންސިއާ ބަލިކޮށް ޓީސީ ތާވަލުގެ ތިން ވަނައަށް

ރޭ މާލޭ ލީގުގައި ޓީސީ އާއި ވެލެންސިއާ ބައްދަލު ކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޓީސީން ތާވަލުގެ ތިން ވަނައަށް ޖެހިލައިފި އެވެ.
ޓީސީން ރޭގެ މެޗު ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ޓީސީން ވަރުގަދަ ކުޅުމެއް ދައްކާފައިވާއިރު އެޓީމުގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ މެޗުގެ ތިން ލަނޑު ޖަހާ ހެޓްރިކު ހަދާފައެވެ. ޓީސީގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ވިލިއަމްސް އެވެ.

މި މެޗުން މޮޅުވެ ޓީސީ ޓީސީ 10 މެޗުން 18 އާއެކު ތާވަލުގެ ތިން ވަނައަށް ޖެހިލާފައިވާއިރު ދެވަނާގައި އޮތް އީގަލްސްއަށް ވެސް ލިބިފައިވަނީ 18 ޕޮއިންޓެވެ. ނަމަވެސް އެޓީމުން ކުރި ހޯދީ ގޯލު ތަފާތުންނެވެ. މި ނަތީޖާއާއެކު ކުރިން ތިން ވަނާގައި އޮތް މާޒިޔާ ވަނީ ތިން ހަތަރު ވަނައަށް ވެއްޓިފައެވެ.
ހިޔާލު