Arsenal Coach Ge Magaamah Favorite Akee Arteta Eh Noon, Emery
image
އުނައި އެމެރީ ފޮޓޯ:---
0 ކޮމެންޓް
 

އާސެނަލް ކޯޗުގެ މަގާމަށް ފެވަރިޓަކީ އަރްޓޭޓާއެއް ނޫން، އެމްރީ

އާސެނަލްގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް "ފެވަރިޓަކީ" އެޓީމުގެ ކުޅުންތެރިޔާ މިކެލް އަރްޓޭޓާ ނޫން ކަމަށާއި އެ މަގާމާ އެންމެ ހަވާލުވުން ގާތީ ޕީއެސްޖީގެ ކޯޗު އުނައި އެމްރީ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ. muni
ރިޕޯޓްތައް ބުނާ ގޮތުގައި އާސެނަލުން ހުރިހާ ކޯޗުންނާ ވެސް ވާހަކަ ދައްކަމުންދާއިރު މިހާތަނަށް މަގާމާ ހަވާލުވުމާ އެންމެ ގާތް ކަމަށް ބެލެވެނީ އެމެރީ ކަމަށެވެ. މި ސީޒަނުގައި ޑޮމެސްޓިކް ޓްރެބެލްއަކަށް ފަހު ޕީއެސްޖީ ދޫކޮށްލި އެމެރީ އަކީ މިހާރު ފްރީ އެޖެންޓެކެވެ.

އާސެނަލްގެ ކޯޗުކަމާ ހަވާލުވާނީ އެމެރީ ކަމަށް މިހާރު ބެލެވޭއިރު މީގެ ދުވަސްތަކެއް ކުރިން ރިޕޯޓްތައް ބުނަމުންދިޔައީ މިމަގާމާ ހަވާލުވާނީ އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު މެންޗެސްޓާ ސިޓީގެ އެސިސްޓައް ކޯޗު މިކެލް އަރްޓޭޓާ ކަމަށެވެ.

އާސެނަލްއިން އެޓީމަށް ކޯޗެއް ހޯދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނައިރު އެޓީމުން މިކަމުގައި ގޮތެއް ނިންމާ އަންނަ ހަފްތާގައި އެޓީމުގެ އާ ކޯޗުގެ ނަން އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

އާސެނަލްގެ ކޯޗުގެ މަގާމު ހުސްވީ މި ސީޒަނަށްފަހު އެޓީމުގެ ކޯޗު އާސެން ވެންގާ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އޭނާ ވަނީ ކްލަބުގައި 22 އަހަރު ހޭދަކޮށްފައެވެ.
ހިޔާލު