Paraguay Embassy Qudus ah Badhalukohfi
image
0 ކޮމެންޓް
 

ޕެރަގުއޭގެ އެމްބަސީ ގުދުސްއަށް ބަދަލުކޮށްފި

އިޒްރާއީލުގެ ތެލްއަވީވްގައި ހުރި ޕެރަގުއޭގެ އެމްބަސީ ގުދުސަށް ބަދަލުކޮށްފިއެވެ. Dhiraagu
ގުދުސްއަށް އެމްބަސީ ބަދަލުކޮށް އެ އެމްބަސީ އިއްޔެ ވަނީ ހުޅުވާފައެވެ. އެމްބަސީ ގުދުސަށް ބަދަލުކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕެރަގުއޭގެ ރައީސް ހޮރާސިއޯ ކާރޓްސް އާއި އިޒްރާއީލުގެ ރައީސް ރޫވެން ރިވްލިން ބައިވެރިވިއެވެ.

ގުދުސްގައި އެމްބަސީ އެންމެ ފުރަތަމަ ހުޅުވީ އެމެރިކާއިންނެވެ. ގުދުސްއަކީ އިޒްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ނިންމާފައެވެ.

އިޒްރާއީލްގެ ވެރިރަށަކީ ގުދުސްކަމަށް ކަނޑައެޅުމާއި ގުޅިގެން އެތައް ގައުމަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އެމެރިކާގެ ނިންމުމަށް ފާޑުކިޔާފައެވެ.
ހިޔާލު