Israelge Jareemaathah Thahugeeg Kurumah ICC ah Hushahalhaifi
image
މާލިކީ---ފޮޓޯ:ރިއުޓާސް
0 ކޮމެންޓް
 

އިޒްރާއީލުގެ ޖަރީމާތައް ތަހުގީގު ކުރުމަށް އައިސީސީއަށް ހުށަހަޅައިފި

ފަލަސްތީނުގެ ރައްޔިތުންނާ މެދު އިޒްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ތަހުގީގު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. muni
އެ މައްސަލަ ފަލަސްތީން ސަރުކާރުގެ ފަރާތުން އައިސީސީއަށް ހުށަހެޅީ ފޮރިން މިނިސްޓަރު ރިއާދު އަލް މާލިކީއެވެ. މައްސަލަ މިއަދު އައިސީސީއަށް ހުށަހެޅުމަށްފަހު މާލިކީވަނީ އެއީ ފަލަސްތީނުގެ ރައްޔިތުންނައްޓަކާ އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

އެ މައްސަލާގައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި އިޒްރާއީލުން ހިންގާ ވަޒަންވެރިކުރުމުގެ މަޝްރޫއުތަކާއި، ބިން ފޭރުމުގެ މައްސަލަތައް ވެސް ހިމެނޭނެ ކަމަށް މާލިކީ ފާހަގަ ކުރެއްވިއެވެ.

މިއީ ފަލަސްތީނުގެ ސަރުކާރުގެ ފަރާތުން އައިސީސީއަށް އެފަދަ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

އިޒްރާއީލަކީ އައިސީސީގެ މެންބަރަކަށް ނުވި ނަމަވެސް ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތައް ބެލުމުގެ އިހުތިސާސް އެ ކޯޓަށް އޮންނާނެއެވެ.

އިޒްރާއީލާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި މިވަނީ މިމަހުގެ 14 ވަނަ ދުވަހު އިޒްރާއީލުން 62 މީހަކު ޝަހީދުކޮށްލާ އިތުރު ޖަރީމާއެއް ހިންގާފައި ވަނިކޮށެވެ.
ހިޔާލު