Dr,Majeedge Janaazaa Maadhamaa Lankaagai, Ghaibah Kashunamaadhu Kurun Islaamee Markazugai
image
ޑރ.މަޖީދު---
1 ކޮމެންޓް
 

ޑރ.މަޖީދުގެ ޖަނާޒާ މާދަމާ ލަންކާގައި، ޣައިބަށް ކަށުނަމާދު ކުރުން މަރުކަޒުގައި

ދީނީ އިލުމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީގެ ޖަނަޒާ މާދަމާ ސްރީލަންކާގައި ކުރިއަށް ގެންދިއުމަށާއި ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ނިންމައިފިއެވެ. dhi2
ޑރ.މަޖީދުގެ ދަރިކަލުން އަހުމަދު ފިރާސް ވިދާޅުވެފައިވާ ގޮތުގައި ޑރ.މަޖީދު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ނަމާދަށްފަހު ކޮލޮމްބޯ ހަތަރެއްގައި ހުންނަ ޖަވައްތާ މުސްލިމް ބަރިއަލް ގްރައުންޑްސްގައެވެ. މޫނުދެއްކުން 10 އެއް ޖަހާއިރުން ފެށިގެން މެންދުރު ނަމާދާ ޖެހެންދެން އޮންނާނެއެވެ.
ފިރާސް ވިދާޅުވެފައިވާ ގޮތުގައި ޑރ.މަޖީދުގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހި ހާލުކޮޅު ސީރިއަސްވީ މިދިޔަ ހުކުރު ދުވަހުއެވެ.

ޑރ.މަޖީދު އަވަހާރަވީ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުއެވެ.

އަދާލަތު ޕާޓީގެ އެއް ފައުންޑަރު މަޖީދު މިހާރު ވެސް ދަނީ އެޕާޓީގެ ޑިނީ އިލުމުވެރިންގެ މަޖިލީހުގެ މެންބަރުކަން އަދާ ކުރައްވަމުންނެވެ. މަޑުމައިތިރި މިޒާޖެއްގެ ވެރި ޑރ.މަޖީދު ގެންދެވީ ގައުމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.
ހިޔާލު

އަހުމަދު

ޑރ.މަޖީދުއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި ޢާއިލާ އަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން..