Dr Majeed ge aaila ah raees thauziya vidhaalhu vejje
image
ލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ
2 ކޮމެންޓް
 

ޑރ މަޖީދުގެ އާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ދީނީ އިލުމުވެރިޔާ އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. muni
ރައީސް އޮފީހުންބުނީ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވި ޚަބަރު ރައީސް ޔާމީން އެއްސެވީ ފުންހިތާމަޔާއެކުގައި ކަމަށެވެ.

އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިގަތުމާ ގުޅިގެން ސްރީލަންކާގެ ހޮސްޕިޓަލެއްގައި އެކަމަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 55 އަހަރެވެ.

ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލްބާރީ ވަނީ ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ކަމުގެ މަޤާމާއި، ކީރިތިޤުރުއާނާއި ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސްކަމުގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލްބާރީ މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 09 އޮކްޓޯބަރ 2011 ގައެވެ.


ހިޔާލު

ވަފިއްޔާ

ފުން ހިތާމައޭ، އެއްބަފާ ބޭބެ، ތިމާއަށް ކާންދީ ބޮޑުކޮށްދީ މަޤާމު ހޯދައިދިން ބޭބެ، ޖަލުގައި މި ރޯދަމަހު މަރާއި ހަނގުރާމަކުރަން ދޫކޮށްލިއިރު އަސަރެއް ނުކުރި މީހަކަށް މާދުރު މީހަކު މަރުވެގެން އަސަރެއް ކުރާނެތަ. ގަބޫލެއް ނުކުރަން

އަލީ

ޝުކުރިއްޔާ، އެކަމަކު އިދިކޮޅު މީހަކު ކީކުރަން އެއްބަނޑު މީހަކު މަރުވިޔަސް ރައީސް ޔާމީނަށް އަސަރެއް ކުޑަކޮށްވެސް ކުރާނެކަމަކަށް ގަބޫލެއް ނުކުރަން