Haqqu bas vidhalhuvumah Dr Majeed fas jehivadainugan'nava: Raees Nasheed
image
ހައްޤުބަސް ވިދާޅުވުމުގައި ޑރ މަޖީދު ފަސް ޖެހިވަޑައި ނުގަންނަވާ: ރައީސް ނަޝީދު
1 ކޮމެންޓް
 

ހައްޤުބަސް ވިދާޅުވުމުގައި ޑރ މަޖީދު ފަސްޖެހިވަޑައި ނުގަންނަވާ: ރައީސް ނަޝީދު

ދީނީ އިލުމުވެރިޔާ އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަކީ ހައްޤުބަސް ވިދާޅުވުމުގައި ފަހަތައްޖެހިވަޑައި ނުގެން އިސްލާހީ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެއްކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. dhi2
ރައީސް ނަޝީދު މިހެން ވިދާޅުވީ ޑރ މަޖީދު އަވަހާރަވުމުން ތައުޒިޔާ ދެންނެވުމަށް މިއަދު ކުރެއްވި ޓްވިޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަކީ ރާއްޖެދުށް ދީނީ ޢިލްމުވެރިންގެ ތެރެއިން، އިސްލާހަށް މަސައްކަތް ކުރެއްވުމުގައި ފާހަގަކުރެވޭ އެއް ބޭފުޅާ ކަމުގައެވެ. އަދި އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަކީ އަބަދުވެސް ހައްޤުބަސް ވިދާޅުވުމަށް ފަސްޖެހިވަޑައި ނުގަންނަވައި، ގިޤާމަތުގެ ބިރުވެރިކަން ދެނެވަޑައިގެން އިރުޝާދުދެއްވި ބޭފުޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށް ސުވަރުގެ މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާފައެވެ.

އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިގަތުމާ ގުޅިގެން ސްރީލަންކާގެ ހޮސްޕިޓަލެއްގައި އެކަމަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 55 އަހަރެވެ.

ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލްބާރީ ވަނީ ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ކަމުގެ މަޤާމާއި، ކީރިތިޤުރުއާނާއި ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސްކަމުގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލްބާރީ މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 09 އޮކްޓޯބަރ 2011 ގައެވެ.
ހިޔާލު

ޝިފާ

ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލްބާރީ އަށް ދާއިމީ ސުވަރުގެ މިންވަރުކުރައްވާށި. އާމީން.
"ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލްބާރީ މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 09 އޮކްޓޯބަރ 2011 ގައެވެ". ތާރީހް ނުބައިވީމަ ޚަބަރު ނުބައި ވާނެ.