PPM ge Riyaasi ticket raees yameen ah dhinumah faaskoffi
image
ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި
2 ކޮމެންޓް
 

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ފާސްކޮށްފި

ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީން ދިނުމަށް ޕީޕީއެމްގެ ކައުންސިލުން މިރޭ ފާސްކޮށްފިއެވެ. kobadoctor
ޕީޕީއެމްގެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމަށް ފާސްކޮށްފައިވަނީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ އިއްތިފާގުން ކަމުގައެވެ.

އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ކައުންސިލުން ނިންމީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (އ) އާއި އެއްގޮތަށް ކަމުގައެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމަށް ނިންމި އެއް ސަބަބަކީ މާތްވެގެންވާ އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް މިރާއްޖޭގައި ފުރުސަތު ރައީސް ޔާމީން ނުދެއްވާނެ ކަމުގެ ޔަގީންކަން އަބަދާއިއަބަދު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކޮންމެ ހަފުލާއެއްގައި ދެއްވަމުން ގެންދަވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ހިޔާލު

އަދުރޭ

ޕުރައިމަރީއަށް އިޢުލާނުކޮށްލަންވެސްނުކެރުނު ދެއްތޯ؟ ތީހަމައެކަނި މިފަހަރު މިރައިސައް އިންތިހާބުގަވާދަކިރެވޭނެގޮތަކީ، ޕުރައިމަރީއެއްބާއްވައިފިނަމަ ކައިރީގަތިބ ސާޅީހަކަށްމީހުންގެ ވޯޓްއެކަނިލިބޭނީ، އަދިވެސް ފަތްކެޔޮބުރޯއަދިވެސް އެހެން ޕާޓީތަކަށް ފާޑުކިޔާނެ

ފުވައްމުލަކު ނިއުޔޯކުސިޓީ

ޕުރައިމަރީއަކާނުލާ ތިޔަފާސްކުރި ފާސްކުރުން ފުވައްމުލަކުގެ އެންމެހާރައްޔިތުން ކުށްވެރިކުރަން!! އަދި ޕީޕީއެމް ވަގުތުންއުވާލުމަށްވެސް ގޮވާލަން !!