Haramfulhaai Masjidul Nabawi gai Ves Dr. Majeed ge Mahchah Qaibah Kashunamaadhu Kuranee
image
ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ--
1 ކޮމެންޓް
 

ހަރަމްފުޅާއި މަސްޖިދުލް ނަބަވީގައި ވެސް ޑރ. މަޖީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަނީ

ދީނީ އިލުމުވެރިޔާ އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މައްކާގައި ހުންނަ މަސްޖިދުލް ހަރަމް އާއި މަދީނާގެ މަސްޖިދުލް ނަބަވީގައި އޮންނާނެކަމަށް އެމަނިކުފާނުގެ އާއިލާއިން ހާމަކޮށްފިއެވެ.
މަސްޖިދުލް ހަރަމް އާއި މަސްޖިދުލް ނަބަވީގެ އިތުރުން ތާއިފް މިސްކިތުގައި މިރޭ މަގްރިބް ނަމާދަށްފަހު ޑރ. މަޖީދުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު އޮންނާނެކަމަށް އެމަނިކުފާނުގެ އާއިލާއިން ވިދާޅުވެއެވެ. އަދި އިނގިރޭސިވިލާތުގެ ކެންޓަބަރީ މިސްކިތުގައި މިރޭ އިޝާ ނަމާދަށްފަހު ޑރ. މަޖީދުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު އޮންނާނެކަމަށް އާއިލާއިން ވިދާޅުވެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވަވާފައިވާ ޑރ. މަޖީދުގެ ޖަނާޒާ ބާއްވަވާފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގެ ޖާވައްތާ މުސްލިމް ބަރިއަލް ގްރައުންޑްގައެވެ.

ޑރ. މަޖީދަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގެ ގޮތުން އެމަނިކުފާނުގެ ޒަނާޒާގައި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވުމަށް އާއިލާއިން އެދޭއިރު، ޑރ. މަޖީދުގެ މައްޗަށް ޣައިބަށްކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަރުކަޒާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރާ ގޮތަށް ހަމަޖައްސާފައިވެއެވެ.

ޑރ.މަޖީދު އަވަހާރަވެފައިވަނީ މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއްް ޖެހިވަޑައިގެންނެވުމާއި ގުޅިގެން ހާލުކޮޅު ބޮޑުވެ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ގެންދަނިކޮށް އިއްޔެ މެންދުރުއެވެ.

އަދާލަތު ޕާޓީގެ އެއް ފައުންޑަރު މަޖީދު މިހާރު ވެސް ދަނީ އެޕާޓީގެ ދީނީ އިލުމުވެރިންގެ މަޖިލީހުގެ މެންބަރުކަން އަދާ ކުރައްވަމުންނެވެ. މަޑުމައިތިރި މިޒާޖެއްގެ ވެރި ޑރ.މަޖީދު ގެންދެވީ ގައުމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.
ޑރ.މަޖީދު މައްކާ
ހިޔާލު

މުޙައްމަދު

ވަކިވެދިޔައީ ހާދައަގުހުރި ދިވެހިލޭ ހުރި ދަރިއެކޭ
ޥަކިވުމުގެ މިހިތާމަ އަބަދުމެ ދިވެހިޤައުމު ކުރާނެއޭ
މަރުޙޫމަށް ފިރުދައުސް މިންވަރުކުރައްވާށި. އާމީން.