UV Balikoh New League 1 Vanagai Vakihippalaifi
image
ނިއުގެ ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ
0 ކޮމެންޓް
 

ޔޫވީ ބަލިކޮށް ނިއު ލީގު އެއްވަނާގައި ވަކިހިއްޕާލައިފި

ރޭ މާލޭ ލީގުގައި ޔުނައިޓެޑު ވިކްޓްރީއާ ބައްދަލު ކުރި މެޗުން ހޯދި މޮޅާއެކު ނިއު ރޭޑިއަންޓުން ލީގު އެއް ވަނާގައި ވަކިހިއްޕާލައިފި އެވެ.
ނިއު ރޭޑިއަންޓުން ރޭގެ މެޗު ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ނިއު ރޭޑިއަންޓުން މެޗުގައި ޖެހިހަމައެކަނި ލަނޑު ޖެހީ 82 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ދަގަނޑޭ ވައްޓާލުމުން ރެފްރީން ދިންޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ނިުއަށް އަށް ލީޑު ނަގައިދިނީ ޖެހިޖެހިގެން ދެވަނަ ފަރަހަށް ދިވެހި ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ އަލީ ފާސިރު (ސެންޓޭ) އެވެ.

ރޭގެ މެޗުން ހޯދި 3 ޕޮއިންޓާއެކު ނިއު ރޭޑިއަންޓުން ވަނީ ތާވަލުގެ އެއް ވަނާގައި 6 ޕޮއިންޓު ލީޑެއް ނަގާފައެވެ. ނިއު ރޭޑިއަންޓަށް ލީގު ޗެމްޕިއަންކަން ހޯދުމަށް ދެން ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ. އެޓީމަށް ލީގުގައި ބާކީ އޮތީ 4 މެޗެވެ. މެޗުން ބަލިވި ޔުނައިޓެޑު ވިކްޓްރީ ތާވަލުގެ 7 ވަނާގައި އޮތީ 7 ޕޮއިންޓާއެކު އެވެ.
ހިޔާލު