Carlo Ancelloti Napoli Aa Havaalu Vejje
image
ކާލޯ އެންޗޮލޮޓީ ފޮޓޯ:---
0 ކޮމެންޓް
 

ކާލޯ އެންޗޮލިޓީ ނަޕޯލީއާ ހަވާލުވެއްޖެ

ތަޖުރިބާކާރު ކޯޗު ކާލޯ އެންޗޮލޮޓީ އިޓަލީގެ ކްލަބު ނަޕޯލީގެ ކޯޗު ކަމާ ހަވާލުވެއްޖެ އެވެ.
މީގެ ކުރިން ރިއާލް މެޑްރިޑާއި، ބަޔާން މިއުނިކް އަދި ޗެލްސީ ފަދަ ބޮޑެތި ކްލަބުތަކާއެކު މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ އެންޗޮލެޓީ ނަޕޯލީއާ ގުޅުނުކަން އެޓީމުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެކްލަބުން އެމަގާމަށް އެންޗޮލެތީ ހަމަޖެއްސީ ކުރީގެ ކޯޗު ސަރީ މަގާމުން ވަކިކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ.

މިދިޔަ ސެޕްޓެމްބަރ މަހު ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު އެންޗޮލެޓީ އެހެން ކްލަބަކާ ހަވާލުވެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެންޗޮލެޓީ ނަޕޯލީއާ ހަވާލުވެފައިވާއިރު އެކްލަބުގެ ކުރީގެ ކޯޗު ސަރީ އަންނަނީ އިނގިރޭސި ކްލަބު ޗެލްސީއާ ގުޅުމާ ގާތަށް ޖެހިލަމުންނެވެ.
ހިޔާލު