Current ge Mahsala Boduvefaivaa Guraidhoo ah Engine eh Gengosfi
image
ތ. ގުރައިދޫއަށް ގެންދިޔަ އިންޖީނު--
0 ކޮމެންޓް
 

ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާ ގުރައިދޫއަށް އިންޖީނެއް ގެންގޮސްފި

ތ. ގުރައިދޫ އިންޖީނުގޭގެ ޖަނަރޭޓަރަކަށް މައްސަލަތަކައް ދިމާވެ ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެފައިވަނިކޮށް، އެރަށަށް އިންޖީނެއް ގެންގޮސްފިއެވެ. muni
ފެނަކައިން ބުނީ ގުރައިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ރަނގަޅުކުރުމަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް އެރަށަށް ގެންގޮސްފައިވާކަމަށެވެ.

އާބާދީގައި 2100 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ގުރައިދޫ އަށް ކަރަންޓުގެ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވަމުން އަންނަކަމަށް އެރަށުން ވީއެފްޕީއާ ވާހަކަ ދެއްކި ބައެއް މީހުން ބުނެއެވެ.

ކަރަންޓުގެ މައްސަލަ ދިމާވެ، ދުވާލެއްގެ މައްޗަށް ފަސް ވަރަކަށް ފަހަރު ވެސް ކަރަންޓު ކެނޑޭ ދުވަސްތައް އަންކަން ފާހަގަކޮށް އެރަށު މީހަކު ބުނީ ކެނޑޭ ކޮންމެ ފަހަރެއްގައި 20 ވަރަކަށް މިނެޓުވާ ކަމަށެވެ. އޭގެ ސަބަބުން ގޭގައި ގެންގުޅޭ ފްރިޖާއި ޓީވީ ފަދަ ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އެމީހާ ބުނެއެވެ.

ގުރައިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އާ ގުޅޭގޮތުން މީގެކުޑަ ދުވަސްކޮޅެއްކުރިން ވީއެފްޕީއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، ކުއްލި ކުއްލިއަށް ކަރަންޓު ކެނޑި ރައްޔިތުންގެ އަގުބޮޑެތި މުދަލަށް ވެސް ގެެއްލުންވެފައިވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

ފެނަކައިގެ ދަށުން ހިންގަމުން އަންނަ ގުރައިދޫ އިންޖީނުގޭގައި ތިން ޖަނަރޭޓަރު ހުރިނަމަވެސް އެއިން އެއްވެސް ޖަނަރޭޓަރަކުން ފުލްކޮށް ކަރަންޓު ނަގައިނުދޭކަމަށް އެ މެމްބަރު ވިދާޅުވެއެވެ.

ގުރައިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 800 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ހޯދައިދޭނެކަމަށް ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފް ބުނެފައިވީނަމަވެސް ޖަނަރޭޓަރު ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުނެއެވެ.
ހިޔާލު