Yuman maumoon ge passport hifahattaifi
image
ޔުމްނާ އާއި ރައީސް މައުމޫނު: ފައިލް ފޮޓޯ
1 ކޮމެންޓް
 

ޔުމްނާ މައުމޫނުގެ ޕާސްޕޯޓް ހިފަހައްޓައިފި

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ޔުމްނާ މައުމޫނުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ފުލުހުން ޔުމްނާއަށް އަންގާފައިވަނީ މިއަދުއެވެ. ނަމަވެސް ޔުމްނާގެ ޕާސްޕޯޓް ހިފެހެއްޓި ސަބަބެއް ސާފެއް ނުވެއެވެ.

ޔުމްނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ސަރުކާރުން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގަކަށް ފުލުހުންވަނީ ޔުމްނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

ޔުމްނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ގެންދާއިރު ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމްވެސްވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އަދި ނަދީމްގެ މައްޗަށް މިހާރުވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާ އުފުލާފައެވެ.

ޔުމްނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި ކޮއްކޯފުޅު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުވެސް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު އެ ދެބޭފުޅުންގެ މައްޗަށްވެސްދަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ އުޅުމުގެ ތުހުމަތުގައި ޝަރީއަތް ހިންގަމުންނެވެ.

މައުމޫނާއި ފާރިސް އާއި ނަދީމުގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާގެ އިތުރުން ސަރުކާރު ވައްޓާލަން އުޅުމުގެ ދައުވާއާއި އިތުރު ދައުވާތައްވެސްދަނީ ކުރަމުންނެވެ.
ހިޔާލު

އަދުރޭ އައްޕަ

އެގޭން ދެން އެއްޗެއް ހިފަހައްޓަން ޖެހޭ މީހަކު ނެތްބާ؟