Male sarahahdhuge 18 miskitheh gai dhamu namaadhu kuraa gothah hamajahsaifi
image
އިސްލާމީ މަރުކަޒު: ފައިލް ފޮޓޯ
0 ކޮމެންޓް
 

މާލޭ ސަރަހައްދުގެ 18 މިސްކިތެއްގައި ދަމުނަމާދު ކުރާގޮތައް ހަމަޖައްސައިފި

މި ރަމަޟާން މަހު މާލޭ ސަރަހައްދުގެ 18 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެގޮތުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލޭ ސަރަހައްދުން މޭލޭގެ 14 މިސްކިތަކާއި ވިލިމާލޭގެ އެއް މިސްކިތަކާއި ހުޅުމާލޭގެ ތިން މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

އެ މިސްކިތް ތަކަކީ:

މާލެ
1. މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް
2. މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
3. މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް
4. މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
5. މަސްޖިދު ޖަލާލުއްދީން
6. މަސްޖިދު ޞަލާޙުއްދީން
7. މަސްޖިދު ފުރްޤާން
8. މަސްޖިދުއްނޫރް
9. އިބްރާހީމީ މިސްކިތް
10. މަސްޖިދުއްޝަހީދު ޢަލީ
11. މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
12. މަސްޖިދް އިސްކަންދަރު
13. މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން
14. މަސްޖިދު ޢަފީފުއްދީން
ވިލިމާލެ
1. މަސްޖިދުލްއިޚްލާޞް
ހުޅުމާލެ
1. މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ
2. މަސްޖިދު ޢަޒީޒާ މޫސާ
3. މަސްޖިދު ޢުމަރު ބިން ޚައްޠާބު

މީގެ އިތުރުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަސްޖިދު ޢަފީފުއްދީން ގައި ދަމުނަމާދު ކުރަމުން އަންނަކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ނަމާދު ރޯދަމަސް
ހިޔާލު