Liverpool Ge Keeper Karius Aa Eynage Aailaa Ah Maruge Inzaaru Dheefi
image
2 ކޮމެންޓް
 

ލިވަޕޫލްގެ ކީޕަރ ކާރިއަސްއާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރުދީފި

ލިވަޕޫލުގެ ކީޕަރ ލޮރިސް ކާރިއަސްއާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރުދިން މައްސަލައެއް އިނގިރޭސި ފުލުހުން ބަލަން ފަށައިފި އެވެ.
ޗެމްޕިއަންސް ލީގު ފައިނަލް މެޗަށްފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް، ދިން އިންޒާރެއްގައި ކާރިއަސް އަދި އޭނާގެ އާއިލާ މަރާލާނެ ކަމަށް ބުނެފައިވާއިރު އޭނާއަށް ދަނީ ފައިނަލް މެޗަށްފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ތަކުރާރުކޮށް މިފަދަ އިންޒާރުތައް ދެމުންނެވެ.

މިކަމާއި ގުޅިގެން އިނގިރޭސި ފުލުހުން އެގައުމުގެ ނޫހެއް ކަމަށް ބީބީސީއާ ވާހަކަ ދައްކަމުން ބުނީ ސޯޝަލް މީޑިއާއިން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް އެފަދަ އިންޒާރެއް ދީފިނަމަ އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލާ އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

ޗެމްޕިއަންސް ލީގު ފައިނަލުގައި ރިއާލް މެޑްރިޑު އަތުން ލިވަޕޫލް ބަލިވި މެޗުގައި ކީޕަރ ކާރިއަސް ވަނީ ދެ ގޯހެއްހަދާފައެވެ. ދެފަހަރު ވެސް އޭނާގެ ގޯހުގެ ފައިދާ ގަނާ ރިއާލް މެޑްރިޑުގެ ކުޅުންތެރިން ވަނީ ލަނޑު ޖަހާފައެވެ. މިކަމާ ގުޅިގެން ކާރިއަސް ވަނީ މެޗަށްފަހު ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން މައާފަށް ވެސް އެދިފައެވެ.
ހިޔާލު

އެޑަމް

މިސްޓޭކެއް ހެދިދާނެ... އިންޒާރުދޭކަށް ނުޖެހޭ... ލިވަރޕޫލް އެހިސާބަށް ދިޔުމުގަ ކާރިއަސްގެ ދައުރު ވަރަސް ބޮޑު... ކާރިއަސްއަކީ ހުނަރުވެރި އުންމީދީ ކީޕަރެއް.. އޭނަ ގަސްދުގަ ކުރިކަމެއްނަމަ މެޗްގަ ލަނޑު ދޫކޮށްލަން މާރަނގަޅު ފުރުޞަތުތައްވެސް ލިބުނު...

އަހުމަދު

އޭނަ ފައިނަލްއާއި ހަމައަށް ޓީމުގެންގޮސްދިނުމަށް ކުރިމަސައްކަތްފާހަގަ ނުކޮށް މަރުގެ އިންޒާރުދިނުން ހާދަ ފީކަޅައޭ ސަޕޯޓަރުން.