Criminal Court ge Is Gaazee Kamah Hailam ahyan kuran ninmaifi
image
ގާޒީ ހައިލަމް: ފޮޓޯ މިހާރު
5 ކޮމެންޓް
 

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަހުމަދު ހައިލަމް އައްޔަން ކުރަން ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ އަހުމަދު ހައިލަމް އައްޔަން ކުރަން ނިންމައިފިއެވެ.
އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް ގާޒީ އަހުމަދު ހައިލަމް އައްޔަން ކުރަން ނިންމާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު ބޭއްވި ޖަލްސާގައި ނެގި ސިއްރު ވޯޓަކުންނެވެ. ކްރިމިނަލް ކޯޓަށް ހައިލަން އައްޔަން ކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުންވެސް ޖޭއެސްސީން މިއަދު ވަނީ ކަނޑައަޅާފައެވެ. ޑްރަގް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރަން ނިންމީ އެ ކޯޓުގެ ގާޒީ އަބްދުއްސައްތާރު އަބްދުލް ހަމީދެވެ. ޖުވެނައިލް ކޯޓުގެ އިސް ގާޒީ ކަމަށް އެ ކޯޓުގެ ގާޒީ ސައީދު އިބްރާހިމް އައްޔަންކުރަން ވަނީ ނިންމާފައެވެ.
ހިޔާލު

ފަސީ

އަދުލުވެރިނޫން ނާއިންސާފު ވެރިންގެ ކިބައިން އަޅަމެން ސަލާމަތްކޮށްދެއްވާށި. އާމީން

އަހުމަދު

މިހާރުހިގަމުންދާ ސަރީއަތްތަކުގެ އިނާމު. ... ވިދާޅުވިގޮތެއް. ހދާދިނީމަ އަދި އިތުރަށްކަޓު.. ހިންގާލާނެތާ.

ރިޝްވަތު

ޙައިލަމް ޓެސްޓުން ފާސްވީ އުތަ!

ކާލި

އުައްތަމަ ފަޑިޔާރު ޖަލައްލާން ހުކުމް ކުރި ފަންޑިޔާރަށް އިސްޤާޒީ ކަން ދޭންވާނެ ނުންތޯ؟

ލަކޫ

ކެޔުގަޑު ކަންޑުވާފަ ބުޑުގަޑު އެއްލާލަން ފަސޭހަވާނެ!