Monaco Ge Fabinho Liverpool Ah Badhaluvejje
image
0 ކޮމެންޓް
 

މޮނާކޯގެ ފަބީނޯ ލިވަޕޫލަށް ބަދަލުވެއްޖެ

ފްރާންސްގެ މޮނާކޯގެ މިޑްފިލްޑަރ ފަބީނޯ އިނގިރޭސި ކްލަބު ލިވަޕޫލާ ގުޅިއްޖެ އެވެ.
ލިވަޕޫލުން ރޭ ނެރުނު ބަޔާނެއްގައި މިކަން ކަށަވަރު ކޮށްދީފައިވާއިރު ފަބީނޯ ވެސް ވަނީ މިކަން ކަށަވަރު ކޮށްދީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ޕޯސްޓެއް ކޮށްފައެވެ.

44 މިލިއަން ޕައުންޑެއްގެ އެއްބަސްވުމެއްގައި ލިވަޕޫލާ ފަބީނިއޯ ގުޅިފައިވާއިރު އޭނާ އެކްލަބާއެކު ރަސްމީ އެއްބަސްވުމުގައި ސޮއި ކުރާނީ އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހު ޓްރާންސްފާ ބާޒާރު ހުޅުވުމުންނެވެ.

24 އަހަރުގެ ފަބީނޯ އަކީ މޮނާކޯގެ މިޑްފިލްޑުގައި މުހިންމު ރޯލެއް އަދާ ކުރަމުން އައި ކުޅުންތެރިއެކެވެ. ބްރެޒިލްއަށް ނިސްބަތްވާ ފަބީނިއޯ މިޑްފިލްޑުގެ އިތުރުން ފުލް ބެކެެއްގެ ގޮތުގައި ވެސް މޮނާކޯއަށް ކުޅެދީފައިވެއެވެ. އޭނާ އަކީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ވެސް މީގެ ކުރިން ފާރަލަމުން އައިސްފައިވާ ކުޅުންތެރިއެކެވެ.
ހިޔާލު