Hashi Vikkanikoh Athulaigathee Ehen Rashegge Baeh, Ladhuvethikan Maamigiyyah
image
މާމިނގިލި --ފައިލް ފޮޓޯ ފޭސްބުކް
6 ކޮމެންޓް
 

ހަށި ވިއްކަނިކޮށް އަތުލައިގަތީ އެހެން ރަށެއްގެ ބައެއް، ލަދުވެތިކަން މާމިގިއްޔަށް

އދ. މާމިނގިލި ގެއެއްގެ ތެރޭގައި ހަށި ވިއްކަން ތިއްބާ ހައްޔަރުކުރި މީހުންގެ ސަބަބުން މުޅި ރަށަށް ބޮޑު ލަދެއް ލިބިފައިވާ ކަމަށް އެ ރަށުން ބުނެފިއެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އާދިއްތަ ދުވަހުގެ ރޭ، މާމިނގިލިން ހަތް މީހަކު ވަނީ ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ އިތުރުން އުމުރުން 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކާއި އުމުރުން 22 އަހަރުގެ ދިވެހި އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މާމިނގިލި ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު ވިދާޅުވީ އެ އަމަލު ހިންގި މީހުންގެ ސަބަބުން މުޅި ރަށަށް ހަޑި ނަމެއް ލިބިފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވާ ދިވެހި މީހުންގެ ތެރެއިން ތިން ފިރިހެނުންނަކީ މީގެ ކުރިން ވެސް އެރަށުގައި ހިނގާ އެކި އެކި ވައްކަމާއި ޑްރަގްގެ މައްސަލަތަކުގައި ބައިވެރިވެ އުޅޭ ބައެއްކަމަށް މުފީދު ވިދާޅުވިއެވެ. އަދި އެއަމަލު ހިންގަން ތިއްބާ އަތުލައިގެން ދެ އަންހެނުންނަކީ ވެސް ރޯދަމަހުގެ ކުރިން އެރަށަށް އައި އެހެން ރަށެއްގެ ބައެއްކަމަށް މުފީދު ވިދާޅުވިއެވެ.

މާމިނގިލިން ގެއެއް ކުއްޔަށް ހިފައިގެން އެ ދެ އަންހެނުން އުޅެމުން އައިއިރު އެމީހުން ދިރިއުޅޭ ގެއިން ބިދޭސީން ނިކުންނަތަން ރަށުގެ ބައެއް މީހުންނަށް ފެނިފައިވާ ކަމަށް އެރަށު މީހަކު ބުނެއެވެ. އެގޮތުން އެމީހުން ފަޅާއަރާފައި މިވަނީ އެމީހުންގެ އުޅުމަށް އެރަށު މީހުން ފާރަލަމުން ދަނިކޮށެވެ.

މާމިނގިއްޔަށް އުފަން އެއްވެސް ރައްޔިތަކު އެކަމުގައި ނުހިމެނު ނަމަވެސް އެރަށުގެ ރަޖިސްޓްރީ އޮންނަ އެކަކު އެމީހުންގެ ތެރޭގައި ހިމެނޭ ކަމަށް މުފީދު ވިދާޅުވިއެވެ.

ހައްޔަރު ކުރި ހަތް މީހުން ބަންދުގައި ބަހައްޓައިގެން ތަހުގީގު މިހާރު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރެއިން 21 އަހަރުގެ އަންހެންމީހާ ފަނަރަ ދުވަހަށް ބަންދުގައި ބަހައްޓަން ނިންމާފައިވާއިރު 22 އަހަރުގެ އަންހެންމީހާގެ ބަންދުގައި ބަހައްޓާ ނިންމައިފައިވަނީ ދިހަ ދުވަހަށެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި 26، 27 އަދި 32 އަހަރުގެ ތިން ފިރިހެނުންނަށް ދިހަ ދުވަހުގެ މުއްދަތައް ބައްދުގައި ބަހައްޓަން ނިންމާފައިވާއިރު، 30 އަހަރުގެ ދިވެހި ފިރެހެންމީހާ އަށް ވަނީ ފަނަރަ ދުވަހަށް މުއްދަތައް ބަންދުގައި ބަހައްޓަން ނިންމާފައެވެ. މީގެ އިތުރުން ބަންގްލަދޭޝް މީހާގެ ބަންދަށް ޖަހާފައިވަނީ ދިހަ ދުވަހެވެ.

އާބާދީގައި 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ މާމިނގިއްޔަށް އެކަމުގެ ސަބަބުން ބޮޑު ލަދަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުން ދަނީ ރުޅިވެރިކަން ފާޅު ކުރަމުންނެވެ.
ހިޔާލު

ޓްރުތް

މާމިގިއްޔަށް ނިސްބަތްވާ ބަޔަކު ވެސް ނެތް... މުގުލަކު ވެސް އެއްތާކުވެސް ނެތް....

ސާބަސް

މާމިގިލި އާބާދީ 4500 .. އިސްލާހުކޮށްލާ..ތަންދޮރު ބަލާފަ ހަބަރު ލިޔޭބަލަ. މިވެރިންނަށް އެއްޗެއް ލިޔެވިއްޖެތަ، އެ ނިމުނި

އަލީ

ޑިމާންޑު އިތްތަނެއްގައި ދޯ ވިޔަފާރިކުރެވޭނީ

ލިން

މާލޭގަ ހެއްދއވިހާ ނުބައިކަމެއް ކުރާ އިރު ހުތުރެއް ނުވޭ ރާއްޖެތެރޭގެ ރަށެއްގަ ކަމެއް ހިނގައިފިއްޔާ އެ ގޯސްވީ އެރަށް

ނަފާ

އެހެން ރަށެއް ނޫން ހަމައެރަށުގެ މީހުން މުގުލުގަ.. އެހެން ރަށަކުން އައިސް އެ ރަށުގަ ވަޒަންވެރިވެ ރައްޔިތުކަން ލިބުނީމަ ހަމަ އެރަށަށް އެވީ..

ޢަލި

ތިޔައީ ތިރައް ތަރައްގީ ވަމުން އަންނަ ކަމުގެ އަލާމާތެއް..މިހާރު އިންޓަނޭޝަނަލް އެއާޕޯޓް އަދ ސީޕޯޓް ވެސް އޮވެއެއްނު.