Valee Ahudhu Salman Yemen ge Raees aa Bahdhalukurahvaifi
image
ވަލީ އަހުދު ސަލްމާން ޔަމަނުގެ ރައީސް އާ ބައްދަލުކުރައްވަނީ
0 ކޮމެންޓް
 

ވަލީ އަހުދު ސަލްމާން ޔަމަނުގެ ރައީސްއާ ބައްދަލުކުރައްވައިފި

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ޔަމަނުގެ ރައީސް އަބްދުއް ރައްބޫ މަންސޫރު ހާދީ ބައްދަލު ކުރައްވައިފިއެވެ.
ބުދަ ދުވަހު ޖިއްދާގައި ބޭއްވި އެ ބައްދަލުވުމުގައި ޔަމަނުގެ ހާލަތާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެ ގޮތުން ޔަމަނުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާއި އެހީ ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމާއި ގުޅޭ މާބޮޑު ތަފުސީލެއް ހާމަކޮށްފައިނުވެއެވެ.

ވަލީ އަހުދު ސަލްމާން ޔަމަނުގެ ރައީސްއާ ބައްދަލުކުރައްވާފައިވާއިރު މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ސައުދީގެ ގަނޑުވަރު ކައިރީގައި ދިން ބަޑީގެ ހަމަލާއެއްގައި، ސަލްމާން ޒަހަމްވެވަޑައިގެންފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ހަމަލާތަކުގައި ވަލީ އަހުދު ސަލްމާން ޒަހަމްވެވަޑައިގެންނެވި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް އެކަމާ ގުޅޭ ގޮތުން ސައުދީން ބައެއް ބުނެފައިނުވެއެވެ.

ޔަމަނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ސައުދީ އަރަބިއްޔާއިން ވަނީ ޔަމަނުގެ ރައީސް އަބްދުއް ރައްބޫ މަންސޫރު ހާދީ އަށް ސައުދީން ހިޔާޔަތް ދީފައެވެ. ހާދީގެ ސަރުކާރު ހިންގަނީވެސް ސައުދި އަރަބިއްޔާއެވެ.
ހިޔާލު