Aguhuri Inaamthakakaaeku BHM Hosen Roadha Hadhiyaa Promotion Kuriah
image
0 ކޮމެންޓް
 

އަގުހުރި އިނާމުތަކަކާއެކު ބީއެޗްއެމް "ހޯސަން ރޯދަ ހަދިޔާ" ޕްރޮމޯޝަން ކުރިއަށް

ރޯދަ މަހަށް ހާއްސަކޮށްގެން އަގުހުރި އިނާމުތަކަކާއެކު ފެށި "ހޯސެން ރޯދަ ހަދިޔާ" ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ބީއެޗްއެމް ޓްރޭޑާސް އިން ބުނެފިއެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބައްލަވާ ގަންނަވާ ހޯސެން މިކްސް ވެޖިޓަބަލް ނުވަތަ ހޯސެން ފިއެސްޓާ ފްރުޓް ކޮކްޓެއިލް ކޮންމެ ދަޅަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށް ބީއެޗްއެމް އިން ބުނެއެވެ. ސިންގަޕޫރުގެ މި އުފެއްދުންތަކަކީ ހަލާލް ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތަކެކެވެ.

"ކޫޕަންގައި ފޮރުވިފައިވާ ކޯޑު ކަހާލެއްވުމަށްފަހު، އެ ކޯޑު ބީއެޗްއެމްގެ ވެބްސައިޓް ގައިވާ ޕޯޓަލް މެދުވެރިކޮށް ފޮނުވާލަން ޖެހޭނީ. ކޮންމެ ދުވަހަކު ނަސީބުވެރިންގެ ގޮތުގައި ހޮވޭ ފަސް ފަރާތަކަށް އިނާމެއް ލިބިގެންދާނެ" ބީއެޗްއެމް ޓްރޭޑާސް އިން ބުނެއެވެ.

އިނާމުތަކުގެ ތެރޭގައި ކާށި ކިރު ކޭސް، އަލަނާސި ދަޅު ކޭސް، ފްރުޓް ކޮކްޓެއިލް ކޭސް، މިކްސް ވެޖިޓަބަލް ކޭސް އަދި އަނބު ދަޅު ކޭސް ހިމެނެއެވެ. އެހެން ކަމުން މިފަހަރު މި އޮތީ ހޯސެން މިކްސް ވެޖިޓަބަލް ނުވަތަ ހޯސެން ފިއެސްޓާ ފްރުޓް ކޮކްޓެއިލް ދަޅެއް ގަނެގެން ރޯދަ މަހަށް ހާއްސަކޮށް ބޭނުންކޮށްލެވޭނެ އަގު ހުރި އިނާމެއް ލިބުމުގެ ފުރުސަތެވެ.

"ހޯސެން" ގެ އުފެއްދުންތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކޮލިޓީ ބްރޭންޑެކެވެ. ހޯސެންގެ އަލަނާސި ދަޅު އަދި ރަންބުސްތާނު ދަޅަކީ ފަނި ގިރުމުގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އުފެއްދުންތަކެކެވެ.

"ހޯސެން" ގެ ތަފާތު އެކި އުފެއްދުންތައް ބީއެޗްއެމް އިން ވަނީ ރާއްޖެއަށް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ދަޅުގައި ބަންދު ކުރެވިފައިވާ މޭވާ އާއި ތަރުކާރީގެ ގިނަ ބާވަތްތައް ހިމެނެއެވެ.
ހިޔާލު