Salah Ah World Cup Gai Kulheveyne: Egypt
image
މުހައްމަދު ސަލާހް ފޮޓޯ:---
0 ކޮމެންޓް
 

ސަލާހްއަށް ވޯލްޑް ކަޕުގައި ކުޅެވޭނެ: މިސްރު

ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ހުނަވެރި ފޯވާޑް މުހައްމަދު ސަލާހް އަނިޔާއިން ސަލާމަތްވެ ކުރިއަށް އޮތް ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުން ބުނެފިއެވެ.
ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ކޮނޑަށް ލިބުނު އަނިޔައަކަށް ފަރުވާ ހޯދަމުން އަންނަ ސަލާހްއާ ބެހޭ ގޮތުން ގައުމީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަލާހްގެ އަނިޔާއަށް ފަރުވާ ހޯދުމަށް ސްޕެއިންގެ ތަޖުރިބާކާރެއްގެ ލަފާ ހޯދާފައިވާ ކަމަށާއި ޑޮކްޓަރުން ލަފާ ކުރާ ގޮތުގައި އެންމެ ގިނަ ވިޔަސް ސަލާހްގެ އަނިޔާ ރަނގަޅުވުމަށް ނަގާނީ ތިން ހަފްތާގެ މުއްދަތެއް ކަމަށެވެ.

"ސަލާހް ވަނީ ސްޕެއިންގެ ތަޖުރިބާކާރު ޑޮކްޓަރެއްގެ ލަފާ ހޯދާފައި، އޭނާއަށް ވޯލްޑް ކަޕުގައި ކުޅެވޭނެކަމުގެ އުއްމީދު ބޮޑު." މިސްރުން ބުނެފައިވެއެވެ.

ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ވަރަށް ކުރީކޮޅު އަނިޔާވެ ސަލާހް ދަނޑު ފޭބިއިރު އޭނާގެ ޓީމު މެޗުން ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ލިވަޕޫލް މެޗުން ބަލިވީ ސަލާހްއަށް ލިބުނު އަނިޔާއާއެކު ޓީމުގެ "މޯޓިވޭޝަން" ގެއްލުމާ ގުޅިގެންނެވެ.

ކުރިއަށް އޮތް ޖޫން މަހު ފަށާ ވޯލްޑް ކަޕު ފަށާނީ އެ މަހުގެ 14 ވަނަ ދުވަހު އެވެ. މުބާރާތް ފަށާ މެޗުގައި ބައްދަލު ކުރާނީ މުބާރާތް ބާއްވާ ގައުމު ރަޝިއާ އާއި ސައުދިއަރަބިއްޔާ އެވެ. މިސްރު މުބާރާތުގައި ކުޅޭނީ ޖެހިގެން އަންނަ ދުވަހު އެވެ. މި މެޗުގައި އެޓީމު ބައްދަލު ކުރާނީ އުރުގުއޭއާ އެވެ.
ހިޔާލު