Royal Island Resort in kuda eid ah varah salhi aguthakeh
image
ރޯޔަލް އައިލެންޑް ރިސޯޓުން ކުޑަ އީދަށް ވަރަށް ސަޅި އަގުތަކެއް
0 ކޮމެންޓް
 

ރޯޔަލް އައިލެންޑް ރިސޯޓުން ކުޑަ އީދަށް ވަރަށް ސަޅި އަގުތަކެއް

އަންނަ ކުޑައީދުގައި ރޯޔަލް އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށް އެރިސޯޓުން ވަރަށް ސަޅި އަގު ތަކެއް ހަމަޖައްސައިފިއެވެ.
ވިލާ ހޮޓެލްސްއިން ބ އަތޮޅުގައި ހިންގާ ރޯޔަލް އައިލެންޑް ރިސޯޓުން ބުނީ ކުޑައީދު ޗުއްޓީ ޕެކޭޖްގައި ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް ޗުއްޓީ ހޭދަކޮށްލެވޭނެ ކަމުގައެވެ.

ރޯޔަލް އައިލެންޑް ރިސޯޓުންބުނީ ކުޑައީދު ޗުއްޓީ ޕެކޭޖްގެ ދަށުން ޑަބަލް ރޫމް ޗާޖް ކުރަނީ ތިން އިރުގެ ކެއުމާ އެކު ރެއަކަށް 1999 ރުފިޔާއަށް ކަމުގައެވެ. މި އަގުގައި ބޮޑު ދެ މީހަކަށާއި ކުޑަ ކުއްޖަކަށް ޗުއްޓީ ހޭދަކުރެވޭނެއެވެ. އަދި އިތުރު ބޮޑު މީހަކަށް 999 ރުފިޔާ ޗާޖް ކުރާއިރު އިތުރު ކުޑަކުއްޖަކަށް ޖާޗް ކުރާނީ 599 ރުފިޔާކަމަށް ރޯޔަލް އައިލެންޑް ރިސޯޓުން ބުނެއެވެ.

ޕެކޭޖްގެ އަގުގެ ބޭރުން ޓްރާންސްފަރ ފީގެ ގޮތުގައި ބޮޑުމީހަކަށް 800 ރުފިޔާ އަދި ކުޑަކުއްޖަކަށް 500 ރުފިޔާ ނަގާނެކަމަށްވެސް ރޯޔަލް އައިލެންޑް ރިސޯޓުން ބުނެއެވެ.

ޕެކޭޖްގެ ދަށުން ޖޫން މަހުގެ 10 އިން 30 އަށް ނިޔަލަށް ރޯޔަލް އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރެވޭނެ އެވެ.
ވިލާ ގްރޫޕް ރިސޯޓް
ހިޔާލު