Apple ge Kureege Muvahzafakah 3 Aharuge Jail Hukumeh
image
0 ކޮމެންޓް
 

އެޕަލްގެ ކުރީގެ މުވައްޒަފަކަށް ތިން އަހަރުގެ ޖަލު ހުކުމެއް

އެޕަލް ކުންފުނީގައި ކުރިން މަސައްކަތް ކުރި މުވައްޒަފަކަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. kobadoctor
ޓޮނި އަން ބްރަންކާ ޖަލަށްލާން އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާ ޖަލަށްލާން ހުކުމްކުރީ އޭނާ އެޕަލް ކުންފުނީގައި މަސައްކަތް ކުރިއިރު އޭނާއަށް ކުންފުނިން ދީފައިވާ ކުންފުނީގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން އަގުބޮޑު މުދާތަކެއް ގަނެފައިވާތީއެވެ.

ދައުވާ އިއްވަމުން ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ޓޮނި، އޭނާގެ ކުންފުނީގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ގާތްގަނޑަކަށް 243،000 އެމެރިކާ ޑޮލަރުގެ ހިޔާނާތްވެފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓޮނި ވަނީ އޭނާގެ އެޕަލް ކުންފުނީގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ހެދުމާއި، އިލެކްޓްރޯނިކްސް ސާމާނުގެ އިތުރުން އޭނާގެ ގެއަށް ފަރުނީޗަރުވެސް ގަނެފައެވެ.
ހިޔާލު