Champions League Final Matchge Therein Karius Ge Bolah Aniyaavi: Doctorun
image
ކީޕަރ ކާރިއަސް ދަނޑުމައްޗަށް ވެއްޓިފައި ފޮޓޯ:---
0 ކޮމެންޓް
 

ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ތެރެއިން ކާރިއަސްގެ ބޮލަށް އަނިޔާވި: ޑޮކްޓަރުން

މިދިޔަ މަހުގެ 26 ވަނަ ދުވަހު ރިއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލު ކުރި ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ލިވަޕޫލުގެ ކީޕަރ ކާރިސްގެ ބޮލަށް އަނިޔާވެފައިވާކަމަށް ޑޮކްޓަރުން ބުނެފިއެވެ.
އެމެރިކާގެ އެމް.ޖީ ހޮސްޕިޓަލުގެ ޑޮކްޓަރުން ލިވަޕޫލުގެ ކީޕަރ ބެލުމަށްފަހު ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޗުގެ ތެރެއިން ކާރިއަސްގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ "ކަންކަޝަން" އަކަށް ގޮސްފައިވާ ކަމަށެވެ. "ކަންކަޝަން" އާއްމު ގޮތެއްގައި ބޮލަށް ލިބޭ އަނިޔާއެއްގެ ސަބަބުން ހޭވެރިކަމަށް އަންނަ ބަދަލަކަށް ނިސްބަތްކޮށް ބޭނުން ކުރާ ބަހެކެވެ.



ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ތެރެއިން ކާރިއަސްގެ ބޮލަށް އަނިޔާވެދާނެ ކަމަށް ބެލެވޭ ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ރިއާލް މެޑްރިޑުގެ ސާޖިއޯ ރާމޮސް ވަނީ އޭނާގެ އުޅަނބޮށިން ކީޕަރ ކާރިއަސްއަށް ހަމާލާދީފައެވެ. މި މައްސަލާގައި ކާރިސް މެޗުގެ ރެފްރީއަށް ޝަކުއާ ކުރުމުން ރެފްރީ ނިންމާފައިވަނީ ރާމޮސް ފައުލެއް ނުކުރާ ކަމަށެވެ. މެޗުގައި ކާރިއަސްގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައީ އޭގެ ފަހުންނެވެ.

ރިއާލް މެޑްރިޑުން ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެޓީމުން ޖެހި ފުރަތަމަ ލަނޑު ކާރިއަސްގެ ގޯހަކުން ބެންޒީމާ އެޓީމަށް ކާމިޔާބުކޮށްދިންއިރު އެޓީމުން ޖެހި ފަހު ގޯލަކީ ބޭލް ވަރަށް ދުރުން ފޮނުވާލި ބޯޅައެއް ކާރިއަސްއަށް މަތަނުވެ ގޯލުގެ ތެރެއަށް ވަންގޯލެވެ.
ހިޔާލު