Mas Dhoanyehgai Huri Meehaku Fit Jehigen Thinadhoo ah Gengosfi
image
އެމްއެންޑީއެފްގެ ލޯންޗެއް-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

މަސް ދޯންޏެއްގައި ހުރި މީހަކު ފިޓްޖެހިގެން ތިނަދޫއަށް ގެންގޮސްފި

މަސްވެރިކަމަށް ނުކުމެ އުޅުނު 'ވާލީ 8" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ފިޓް ޖެހުނު މީހަކު އިތުރުފަރުވާއަށް ގދ. ތިނަދޫ އަށް ގެންގޮސްފިއެވެ. dhi2
އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއިއެކު އެމީހާ އިތުރު ފަރުވާއަށް ތިނަދޫއަށް ގެންގޮސްފައިވަނީ ތިނަދޫ އާއި 15 މޭލު ބޭރުގައި އޮތް މަސްބޮއި ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅެނިކޮށް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އެހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:00 ހާއިރު ކަމަށާއި އެމީހާ ތިނަދޫ ހޮސްޕިޓަލަށް ގެންދެވިފައިވަނީ 13:15 ހާއިރުކަމަށެވެ.

އުމުރުން 32 އަހަރުގެ އެމީހާ ހާލުބޮޑުވެ، ތިނަދޫއަށް ގޮސްފައިވަނީ އެމްއެންޑީއެފް ހާބަރ ކްރާފްޓް ލޯންޗުގައެވެ.
ހިޔާލު