Haramfulhugai Meehaku Amilla ah Maruvehje
image
0 ކޮމެންޓް
 

ހަރަމްފުޅުގައި މީހަކު އަމިއްލައަށް މަރުވެއްޖެ

މައްކާގެ ހަރަމްފުޅުގައި މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ފުލުހުންނާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ މީހާ މަރުވީ މަސްޖިދުލްޙަރާމްގެ އެންމެ މަތީ ބުރިން ތިރިއަށް ފުންމާލައިގެންނެވެ. އެމީހާ ފުންމާލައިފައިވަނީ މީހުން ތަވާފްކުރާ ތަނަށް ކަމަށް ސައުދީގެ ފުލުހުން ބުނެއެވެ.

އެ ހާދިސާ ހިނގާފައިވަނީ ރޭ ސައުދީ ގަޑިން 9:20 ހާއިރުއެވެ. މަރުވި މީހާގެ ތަފުސީލު ސައުދީގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މަރުވީ ފިރިހެނެއްކަން ސައުދީން ވަނީ ކަށަވަރުކޮށްދީފައެވެ.

އެމީހާ ފުންމާލުމުން އޭނާގެ ބޯފަޅައިގެން ގޮސް ބައެއް ގުނަވަންތައް ބިންދައިގެން ދިޔައެވެ. ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކުއްލި ހާލަތުގައި އެމީހާ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް އެމީހާ ވަނީ މަރުވެފައެވެ. އެމީހާގެ މަރުގެ މައްސަލަ ސައުދީގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާއިރު މައްކާގެ ހަރަމްފުޅުގައި މީހުން އަމިއްލައަށް މަރުވުމުގެ ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިނގާފައެވެ.
ހިޔާލު