Argentina ah 50 Billion Dollar ge Loan eh
image
އައިއެމްއެފްގެ އޮފީސް--
0 ކޮމެންޓް
 

އާޖެންޓީނާއަށް 50 ބިލިއަން ޑޮލަރުގެ ލޯނެއް

އާޖެންޓީނާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމަށް އެގައުމަށް 50 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ނިންމައިފިއެވެ.
އެ ލޯނު ދޭނީ ތިން އަހަރު ދުވަހަށް ބަހާލައިގެންނެވެ. ލޯނު ދޭން އައިއެމްއެފް އިން ނިންމި ނަމަވެސް އެގްރީމެންޓާއި ގުޅޭ ގޮތުން ކަންކަން ނިންމާނީ އައިއެމްއެފް ގެ ބޯޑުގެ ހުއްދަ ލިބިގެންނެވެ.

އައިއެމްއެފް އިން ލިބޭ ލޯނާއެކު އާޖެންޓީނާގެ އިގުތިސާދު ވަރުގަދަ ކުރެވިގެންދާނެ ކަމަށް އެގައުމުގެ ރައީސް މައުރިސިއޯ މަކްރި ވަނީ ވިދާޅުވެފައެވެ.

އިގުތިސާދީ ގިނަ މައްސަލަތަކެއް އާޖެންޓީނާއަށް ކުރިމަތިވެފައިވާތާ ވަނީ ގިނަ ދުވަސްތަކެއްވެފައެވެ. އާޖެންޓީނާގައި އިންޓްރެސްޓް ރޭޓް ވަނީ އުފުލިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާޖެންޓީނާގެ ސަރުކާރުން މިހާރު ވަނީ އިންފްލޭޝަން ދަށްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ. އަދި 2020 ވަނަ އަހަރު އަންނައިރު ފިސިކަލް ޑެފިސިޓް އެއްކޮށް ކަނޑާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ހިޔާލު