Raees Yameen ge Foreign Policy aa Eku Dhivehin Beyzaaru!
image
ރައީސް ޔާމީނާއި އިންޑިއާގެ ބޮޑު ވަޒީރު މޮޑީ
4 ކޮމެންޓް
 

ރައީސް ޔާމީނުގެ ފޮރިން ޕޮލިސީ އާއެކު ދިވެހިން ބޭޒާރު!

އދ. ގެ ސަލާމަތީ މަޖިލިހުގެ ގޮނޑިއެއް ލިބުމަކީ ބައިނަލް އަގުވާމީ މަޝްރަހުގައި ދުނިޔޭގައި ހިނގާ މުހިއްމު ކަންކަމުގައި ބަސްކިއުމަށް ގައުމަކަށް ލިބޭނެ ވަރަށްވެސް މުހިއްމު ފުރުސަތެކެވެ. ހަމަ އެއާއެކު ގޮނޑި ލިބިއްޖެނަމަ ދުނިޔޭގައި ހިނގާ ހައްސާސް މައްސަލަތަކުގައި ސަލާމަތީ މަޖްލިސްގެ މެމްބަރެއްގެ ހައިސިއްޔަތުން ގޮތް ނިންމުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާވެސް ކުރިމަތިލާން ޖެހޭނެއެވެ. އެގޮތުން ހަނގުރާމަވެރި ހާލަތުގައިވާ ގައުމުތަކާއި އަދާވާތްތެރި ގައުމުތަކުގެ ދެމެދަށް ދިވެހިންވަދެ ބަސްކިއުމަށް ޝައުގުވެރި ވުމަކީ ކިހާވަރެއްގެ ކަމެއްތޯ މީ އުފެދޭ ސުވާލެކެވެ. muni
ފާހަގަ ކޮށްލަންޖެހޭ އަނެއްކަމަކީ ޚާއްޞަކޮށް ރާއްޖެފަދަ ކުޑަ ޖަޒީރާ ގައުމަކަށް ބައިނަލް އަގްވާމީ މައިދާނުގައި މިފަދަ މަސައްކަތެއް ކުރުމުގެ ފުރުޞަތު ލިބިގެންވާނީ ގައުމު ތަކާ އޮންނަ އެކުވެރި ރަހުމަތްތެރި ކަމުގެ ގާތްގުޅުމާ، ދުނިޔޭގައި އުފައްދާފައިވާ ބައިނަލް އަގްވަމީ ޖަމާޢައްތަކާ ދެމެދު މުޢާމަލާތްކުރާ ގޮތެއްގެ މައްޗަށެވެ. ޚާއްޞަކޮށް، ގާނޫނު އަސަސީއާއި، ގާނޫނުތައް ނެގެހެއްޓުމާ، ޑިމޮކްރެސީގެ ރޫހާ އަސާސް ދެމެހެއްޓުމާ، އަދުލު އިންސާފް ހިފެހެއްޓުމަކީ ސަރުކާރެއްގެ މައްޗައް ބައިނަލް އަގުވާމީ މުއާހަދާތަކުންވެސް ލާޒިމުކުރުވާފައިވާ ކަމެކެވެ. މި ދުވަސްވަރަކީ މި ދެންނެވި ކަންކަމާމެދު ދިވެހި ސަރުކާރުން އިހުމާލުވާކަމަށް ބުނެ ބޭރު ގައުމުތަކާ ޖަމައަތްތަކުން ދިވެހި ސަރުކާރަށް ފާޅުގައި ފާޑުކިޔަމުންދާ ދުވަސްވަރެކެވެ.

މިކަން މިހެން ހުރި އިރު 8 ޖޫން 2018 ވަނަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ވާދަކޮށް ބޮޑުތަނުން ބަލިވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައިނަލް އަގުވަމީ މަޝްރަހުގައި އެކަހެރިވެފައިވާ މިންވަރު ވަރަށް ރަނގަޅަށް އެނގިގެންދާކަމެކެވެ. ރާއްޖޭގެ ޚާރިޖިއްޔާ އިންނާއި ރާއްޖޭގެ ޑިޕްލޮމެޓުން ޖެއްސެވި ހިސާބުތައް ދިމާނުވުމަކީ ރާއްޖޭގެ ކަރާމަތާ އިސްތިގުލާލް ހިމާޔަތް ކޮށްދޭންޖެހޭ ތަންތާ އަދި އެފަދަ ހާލަތްތަކުގައި އެބޭފުޅުންގެ ގާބިލްކަމާމެދު ދިވެހިން ސުވާލު އުފައްދާނެކަންކަމެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑިޔަކަށްވުރެ ރާއްޖެއަށް މުހިންމީ ޖަޒީރާ ގައުމެއް ކުރިއަރައިގެންދާނެ ގިނަގުނަ ވަސީލަތްތަކެއް ތަނަވަސް ވެގެންދިއުން ނޫން ބާއްވައެވެ.

ކޮންމެއަކަސް، ސަލާމަތީ މަޖިލީހުގެ މި ގޮނޑި ކަމޔާބުކުރުމަށްޓަކައި ރައީސް ޔާމީން ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ރެޔާދުވާލު ކުރެއްވި ގިނަގުނަ މަސައްކަތް ފަނުފުލުން ދިއުމަކީ އެކަމުގެ ސަބަބުން ސަރުކާރަށް ބަރުދާސްކުރަން ދަތި އިހުސާސްތަކެއް ކުރެވޭނެ ކަމެކެވެ. އެކަމުގެ ސަބަބުން ސަރުކާރުން ގެންގުޅެނީ ދޯހަޅި ފޮރިން ޕޮލިސީއެއްކަން މިވަނީ ހާމަވެފައެވެ. ވޯޓުގެ ކުރިންވެސް ރާއްޖޭގައި ކުރިން ފޮރިން މިސްޓަރުކަން ކުރައްވާފައިވާ ސީނިޔަ ޑިޕްލޮމެޓުން ގެންދެވީ ދިވެހި ސަރުކާރުން ކަންކުރައްވަނީ ބަލަންވާ ވަރަށް ނުބަލާކަމަށް ދަންނަވަމުންނެވެ. އަދި ސަލާމަތީ މަޖިލީހުގެ ގޮނޑިއެއްގައި ބައިނަލް އަގްވާމީ ހަލަބޮލި މާހައުލެއްގައި އަމަލުކުރާނެ ގޮތަކާމެދު ބައެއް ބޭފުޅުން ދިޔައީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ދިވެހިންގެ ކުރިމަގު އުޖާލާ ކުރުމަށްޓަކާ ކުރެވިދާނެ މުހިއްމު އެތައްކަމެއް އެބޭފުޅުން ދިޔައީ ފާހަގަ ކުރައްވަމުންނެވެ.

ހަމަ އެހެންމެ މި ވޯޓުން ރާއްޖެ ބަލިވުމަކީ ރައްޔިތުންގެ ކުރިމަތީގައި ސަރުކާރު އިތުރަށް ބަލިކަށިވެގެންދިޔަ ކަމެކެވެ. އެއްބަޔަކު ދެކޭގޮތުގައި މިލިޔަނުން ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި މިކަމަށްވަނީ ހޭދަކޮށްފައެވެ. ރާއްޖޭގެ ފަހުގެ ތާރީހުގައި ހިނގާދިޔަ ބޮޑެތި ކޮރަޕްޝަގެ މައްސަލަތަކާ ގުޅިގެން މިފަދަ ކަންކަމަކީ ފަސާދަ ނުހިމެނޭނެ ކަމެއްކަމަށް ގަބޫލު ކުރާ މީހުން ވަރަށްވެސް މަދެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ގެއްލުމާއި، ލިބުނު ނާކާމިޔާބުގެ ސަބަބުން އެކަމުގައި އުޅުއްވި ބޭފުޅުން އެތިއްބެވީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ. އެންމެ ފަހު ވަގުތާ ޖެހެންދެއް ގޮނޑި ލިބޭނެ ކަމުގެ ޔަގީންކަން ދެމުން ދިޔަ ބޭފުޅުންގެ ރާގު ބަދަލްކޮށް ކަމުގެ މިސްރާބު އެދަނީ ދީލަމުންނެވެ. ނަމަވެސް ދަންނަވަން އޮތީ 9 ޖޫން 2018 ވަނަ ދުވަހަކީ ބައިނަލް އަގުވާމީ ދުނިޔޭގައި ބަލިކަށިވެފައިވާ ސަރުކާރުގެ ފޮރިން ޕޮލިސީ އިތުރަށް ނިކަމެތިވެ ރާއްޖޭގެ ހަގީގީ ސައިޒް އަމިއްލަޔަށް ދެނެގަތުމަށް ފުރުޞަތު ލިބުނު ދުވަހެއްކަމުގައެވެ. ފިލާވަޅު ނަންގަވާށެވެ. ދެންވެސް މޮޅެއް އޮތީ އަވައްޓެރި ގައުމުތަކާ ހެޔޮއެދޭ ފަރާތްތަކުގެ ގުޅުން ބަދަހި ބައިނަލް އަގުވާމީ އުސޫލުތަކަށާއި ބެސްޓް ޕްރެކްޓިސްއަށް ތަބާ ކޮށްގެންކަން ގަބޫލުކުރަން މި ވަނީ މަޖުބޫރުވެފައެވެ.

ދަންނަވަން އޮތީ މި ދަތުރުކުރާ ގަދަ ކޮޅިގަނޑު ތެރޭ "ޓީމް ޚާރިޖީ" ބައްތެލީގެ ނިޔަމިން ބަދަލުކޮށްގެން ނޫނީ ސަލާމަތުގެ އައްސޭރި ނުހިފޭނެ ވާހަކައެވެ. ދަތުރުގެ މިސްރާބު ބެލުމަށް ހިސާބު ޖަހަން ބޭނުންވާ އާލާތްތައް ހަލާކުވެފައިވާނަމަ 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ މިނިވަންކަން ސަލާމަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން އަވައްޓެރިންގެ އަތުން އެ ސާމާނު ލިބޭނެކަމަށް ފެނެއެވެ، އަދި ބައިނަލް އަގުވާމީ ލޯގަނޑުން ރާއްޖޭގެ ސިފަ ފެންނަ އިރު ސައިޒަށްވުރެ ބޮޑުކޮށް ފެންނަ ނަމަ ބޭނުންވާ ފަރުވާ ފޯރުކޮށްދީގެންވެސް މިކަމަށް ހައްލެއް ހޯދަން އެބަޖެހެއެވެ.

ރާއްޖެއަށް ބޭނުންވާ ފަރުވާ ވަރަށް ސާފުކޮށް އެނގިގެންދާއިރު އެ ފަރުވާ ހޯދަން މާކެޔޮޅު ދެކެޮޅު ހަދާހާ ދުވަހު މި ގައުމަށް އޮތް ގޮތަކީ މިއީކަން ބައިނަލް އަގުވާމީ ދުނިޔެއިން އެދަނީ އަންގަމުންނެވެ. މިވަރުވެގެންދާއިރުވެސް ގޮތް ދޫނުކޮށް ކަންކަން ކުރާ ނަމަ މި ފަހަރު ލިބުނު ގެއްލުމާއި ވީ ބޭޒާރަށް ވުރެ ބޮޑު ފަލީހަތެއް ދިވެހިން ނުވާނެ ތާ އެވެ.
ހިޔާލު

ރައްޔިތެއް

ގައުމަށް ދިމާވާ ނާކާމިޔާތައް ހާމަކުރުމަށްޓަކާ އެއްވެސް އަގެއްނެތް ދިގު އާޓިކަލްތައް ލިޔުމަކީ ދެރަކަމެކެވެ.

މަރޭ

ހަދަށް ދާން ވެސް އެޅުވިދާނެ އެކަމަކު އެކަމުގަ ނާކާމިޔަބު ވުމަކީ މައްސަލަ އެއްނުން.އެކަން މަށްސަލައަކަށް ވާނީ ތަންދިތު ނުދަންނަމީހުަނަށް.

ރައިން

ޜައީސްގެ ފޮރިންޕޮލީސީއެއްނުން މައްސަލައަކީ ކަރަކަރާގެ ވެރިންބުނާހާއެއްޗަކައް އާއެކޭ ނުބުބުން މައްސަލައަކީ ހާއްސަކޮއް ޖަޒީރާވެގެން އުޅޭ މީހާގެކައްގަޑުބޮޑީ އެހެންނޫނަސް އިންޑީޔާ ދުވަހަކުވެސް ދިވެހިންނައް ހެވެއްނޭދޭނެ

ޜަޝީދު

ޚޮބައިތޯ އިދިކޮޅުފަރާތްތަކުން ކުރާ އެންޓި ކެމްޕޭން؟ ކީވެތޯ އެވާހަކަ ނުލިޔަނި؟ އެއީ ނުކިބުނު ސަބަބަކީ.