Fekir Kuriah Oi Season Gai Fennanee Lyon Ge Jersey Inn
image
ނަބިލް ފަކީރް ފޮޓޯ:---
0 ކޮމެންޓް
 

ފެކީރް ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ލިޔޮންގެ ޖާޒީން

ފްރާންސްގެ އޮލިމްޕިކޭޑި ލިޔޮނަލްއަށް ކުޅެމުން އަންނަ އެގައުމުގެ ނަބިލް ފެކީރް މި ޓްރާންސްފާ ބާޒާރުގައި ލިވަޕޫލަށް ބަދަލުވުމަށް ކުރުމުން އައި މަޝްވަރާތަކަށް ނިމުމެއް އައިސްފައިވާ ކަމަށާއި އޭނާ ވިއްކާ ނުލާނެ ކަމަށް އެކްލަބުން ބުނެފިއެވެ. dhi2
ލިޔޮންއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެކީރްގެ ޓްރާންސްފާއާ ގުޅިގެން ލިވަޕޫލާއެކު މަޝްވަރާ ކުރި ކަމަށާއި ނަމަވެސް އެދެވޭ ނަތީޖާއެއް ނުނިކުތުމާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި އޭނާ މި ޓްރާންސްފާގައި ވިއްކާނުލާނެ ކަމަށެވެ.

ލިޔޮންއިން ލިވަޕޫލަށް ފެކީރް ވިއްކާނުލާނެކަން ހާމަ ކުރަމުން ރޭ ނެރުނު ބަޔާން ވެގެންދިޔައީ ފެކީރް ކްލަބާ ހަމަކޮންމެ ވަގުތަކު ވެސް ގުޅިދާނެ ކަަމަށް ހީކޮށްގެންތިބި ލިވަޕޫލަށް ލިބުނު ވަރަށް ބޮޑު ދެރައަކަށެވެ. މީގެ ކުރިން ރިޕޯޓްތައް ބުނަމުންދިޔަ ގޮތުގައި ފެކީރް ލިވަޕޫލަށް ގުޅުމުގެ ހުރިހާ ކަމެހެން ނިމިފައިވާއިރު ބާކީ އޮތީ މެޑިކަލް އެވެ.

ކުރިއަށް އޮތް ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ލިވަޕޫލުން ވަނީ މިފަހަރުގެ ޓްރާންސްފާގައި އެކްލަބަށް ކުޅުންތެރިއަކު ގެނެސްފައެވެ. އެއީ މޮނާކޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ ކުޅުންތެރިޔާ ފަބީނޯ އެވެ.
ހިޔާލު