Tax Ah Makaru Hedhikamah Ronaldo Ebbasvejje
image
ކްރިސްޓިއާނޯ ރޮނާލްޑޯ ފޮޓޯ:---
1 ކޮމެންޓް
 

ޓެކުހަށް މަކަރު ހެދިކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ އެއްބަސްވެއްޖެ

ސްޕެއިންގެ ދައުލަތުން ރޮނާލްޑޯއާ ދެކޮޅަށް އުފުލާފައިވާ ޓެކުހަށް މަކަރުހެދުމުގެ މައްސަލާގައި ގިނަ ދުވަސްތަކެއް ވަންދެން ދައުވާ އިންކާރު ކުރުމަށްފަހު، ރިއާލް މެޑްރިޑުގެ ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، ޓެކުހަށް މަކަރު ހެދިކަމަށް އިއުތިރާފު ވެއްޖެ އެވެ. Dhiraagu
33 އަހަރުގެ ކްރިސްޓިއާނޯ ޓެކްސް މައްސަލާގައި މަކަރު ހެދިކަމަށް އެއްބަސްވީ މި މައްސަލާގައި އޭނާއާ ދެކޮޅަށް މި މައްސަލާގައި ހުކުމް އައިސްފިނަމަ، އައިސްދާނެ ޖަލު ހުކުކަމުން ސަލާމަތްވުމަށް ކަމަށް ބެލެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯ އަމިއްލައަށް ޓެކުހަށް މަކަރު ހެދިކަމަށް އެއްބަސްވުމުން އޭނާ އަށް ޖަލު ހުކުމެއް ނާންނާނެވެ. ނަމަވެސް "ސެޓްލްމެންޓް" ގެ ގޮތުގައި އޭނާ ސަރުކާރަށް 16.2 މިލިއަން ޕައުންޑު ދައްކަން ޖެހޭނެ އެވެ.

ރޮނާލްޑޯ ޓެކްސް މައްސަލާގައި އެންމެފަހުން ދޫދޭން ނިންމާފައިވާއިރު އޭނާއާ ރިއާލް މެޑްރިޑާ ދެމެދު ވަނީ މިކަމާ ގުޅިގެން ނުތަނަވަސްކަން އުފެދިފައެވެ. ރޮނާލްޑޯ ގަބޫލު ކުރާ ގޮތުގައި އެކްލަބުން އޭނާގެ ދިފާއުގައި ކޮށްދީފައިވަނީ މަދުކަމެކެވެ. މީގެ އިތުރުން ކްލަބުން އޭނާއަށް ދެމުން އަންނަ މުސާރައާ މެދު ވެސް އޭނާ ހުރީ ހިތްހަމަނުޖެހިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޮނާލްޑޯ ރިއާލް މެޑްރިޑު ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ފެތުރޭ މި ދަނޑިވަޅުގައި އެކްލަބުން ވެސް ދަނީ އޭނާ ކްލަބުގައި މަޑު ކުރުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކްލަބުން ދަނީ ރޮނާލްޑޯގެ މުއްދަތު ހަމަވާން ކައިރިވެފައިވާ އެއްބަސްވުން އާކުރުމަށް އޭނާއަށް ހަފްތާއަކު 425،000 ޕައުންޑުގެ މުސާރައެއް ލިބޭ އެއްބަސްވުމެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިހާރު ލިބެނީ ހަފްތާއަކު 350،000 ޕައުންޑުގެ މުސާރައެކެވެ. ވާދަވެރި މެސީއަށް ބާސެލޯނާއިން ހަފްތާއަކު 615،000 ޕައުންޑުގެ މުސާރައެއްދޭއިރު ޕީއެސްޖީން ނޭމާއަށް ދެނީ ހަފްތާއަކު 665،000 ޕައުންޑުގެ މުސާރައެކެވެ.
ހިޔާލު

މެސީ

ޢަތްޗީޑި ފީކާށި