Karu dhah Kalhu vaanama Geygai Mikanthah Kohlevidhaane
image
ކަރުދަށް ކަޅުވާނަމަ ގޭގައި މިކަންތައް ކޮށްލެވިދާނެ
0 ކޮމެންޓް
 

ކަރުދަށް ކަޅުވާނަމަ ގޭގައި މިކަންތައް ކޮށްލެވިދާނެ

ކަރުދަށް ކަޅުވުމަކީ ވަރަށް އާންމު ކަމެކެވެ. އަންހެނުންގެ އިތުރުން މިއީ ފިރެހެނުންނަށްވެސް ދިމާވާ މައްސަލައެކެވެ. އާންމު ގޮތެއްގައި ކަރުދަށް ކަޅުވަނީ ހަންގަނޑު ބޯވުމުންނެވެ. ނުވަތަ ކަރުދަށުގެ ހަންގަނޑަށް ބޭނުންވާ ވަރަށް އަޅާލުން ނުލިބުންވެސް ކަރުދަށް ކަޅުވެއެވެ. މިކަމަށް ހައްލެއް ބޭނުންނަމަ ބޭހެއް ބޭނުން ކުރުމުގެ ބަދަލުގައި ގޭގައި އެއްޗެއް ތައްޔާރުކޮށްލުމަށް ފަހު ބޭނުންކޮށްލެވިދާނެއެވެ. dhi2
ބޭނުން ކުރެވިދާނެ އެއްޗެހި

• ބޭކިން ސޯޑާ/ ބޭކިން ޕައުޑާ
ބޭކިން ސޯޑާއަކީ ހަންގަނޑު އަލިކޮށްދީ ހަންގަނޑުގައި ހުންނަ މަރުވެފައިވާ ސެލްތައް ނައްތުވާލަން އެހީތެރިވެދޭ އެއްޗެކެވެ.
ބޭނުން ކުރާނެ ގޮތް: ކުޑަ ފެންފޮދަކަށް ދެ ސަމްސާ ނުވަތަ ތިން ސަމްސާގެ ބޭކިން ސޯޑާ ކޮޅެއް އަޅާލާނީއެވެ. އެއަށްފަހު އެދޭތި ރަނގަޅަށް އެއްކޮށްލުމަށްފަހު ކަރުދަށުގައި އުނގުޅާނީއެވެ. މި ފޭސްޓް ހިކުމުން އިނގިލިތަކުގައި ފެންކޮޅެއް ލުމަށްފަހު މަޑުމަޑުން ކަރުދަށުގައި އުނގުޅާނީއެވެ. އަދި އެއަށް ފަހު ކަރުދަށް ދޮވެލާނީއެވެ. ރަނގަޅު ނަތީޖާއެއް ފެންނަން ދެން ކޮންމެ ދުވަހަކު މިކަން ކޮށްލެވިދާނެއެވެ.

• އަލުވި
އަލުވި އަކީ ވެސް ހަންގަނޑު އަލި ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.
ބޭނުން ކުރާނެ ގޮތް: ކުޑަ ވަރެއްގެ އަލުވިއެއް ނެގުމަށް ފަހު ކުދިކޮށް ކޮށާ ނުވަތަ ގޭނުމަށްފަހު އޭގެ ދިޔަ ނަގާނީއެވެ. އެއަށް ފަހު ކަރުދަށުގައި އަލުވި ދިޔަ އުނގުޅާނީއެވެ. އަދި ހިކެންދެން މަޑުކޮށްލުމަށްފަހު، ހިކުމުން ހޫނު ފެނުން (ލޫކް ވާމް) ކަރުދަށް ދޮވެލާނީއެވެ. މިއީ ދުވާލަކު ދެފަހަރު ކުރެވިދާނެ ކަމެކެވެ.

• ޔޯގަޓް
ޔޯގަޓަކީ ހަންގަނޑު އަލިކޮށް، ހަންގަނޑު އޮމާންކޮށް ރީތިކޮށްދިނުމަށްޓަކައި އެހީވެދޭ އެއްޗެކެވެ.
ބޭނުން ކުރާނެ ގޮތް: ދެ ސަމްސާ ޔޮގަޓް ލުނބޯހުތް ތެރެއަށް އަޅާނީއެވެ. ދޭތި އެއްކޮށްލުމަށްފަހު ކަރު ދަށުގައި އުނގުޅާނީއެވެ. އަދި 20މިނެޓް ވަންދެން މަޑުކޮށްލުމަށްފަހު ދޮވެލާނީއެވެ.
ހިޔާލު