Alun Gunumah Hamajehifaivaa Vote Foshithah Huri Imaaraathugai Roa Kollaifi
image
ވޯޓު ފޮށިތައް ނެރެގެން ގެންދަނީ---
0 ކޮމެންޓް
 

އަލުން ގުނުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތައް ހުރި އިމާރާތުގައި ރޯކޮށްލައިފި

މިދިޔަ މަހު އިރާގުގައި ބޭއްވި އާއްމު އިންތިހާބުގެ ވޯޓު ކަރުދާސްތައް ރައްކާކޮށްފައި ހުރި އިމާރާތުގައި ހުޅު ޖަހައި ރޯކޮށްލައިފިއެވެ. dhi2
މެއި މަހުގެ 12 ވަނަ ދުވަހު ބޭއްވި އެ ވޯޓުގައި ކުރި ހޯދާފައިވަނީ ޝިއައީ ލީޑަރެއް ކަމަށްވާ މުއުތަދާ އަލް ސަދުރުގެ ކޯލިޝަނުންނެވެ.

ވޯޓު ފޮށިތައް ހުރި އިމާރާތުގައި ރޯކޮށްލި ނަމަވެސް ވޯޓު ފޮށިތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އަލް ޖަޒީރާއިން ބުނެފައިވެއެވެ.

ބޮޑު ވަޒީރު އަލް އައްބާދީވަނީ އިމާރާތުގައި ރޯކޮށްލި ކޮށްލުމަކީ އިރާގަށާއި އިރާގުގެ ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމަށެވެ. އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި އަލްރުސަފާ ޑިސްޓްރިކްޓުގެ ވޯޓު ފޮށިތަކުގެ ބޮޑު ބަޔަކަށްވަނީ ގެއްލުން ލިބިފައެވެ.

އިރާގުގެ އާއްމު އިންތިހާބުގައި ބައިވެރިވި 11 މިލިއަން މީހުންގެ ވޯޓު އަލުން ގުނަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓު ގުނުމުގައި އޮޅުވާލުންތަކެއް ހުރި ކަމުގެ ތުހުމަތަށެވެ.

އިލެކްޓްރޯނިކް ސިސްޓަމްތައް ބޭނުންކޮށްގެން ވޯޓު ގުނާފައިވާ އިރު ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އެކުލަވާލި ކެބިނެޓުގެ ކޮމިޓީއަކުން ވެސް ވަނީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެފައެވެ. އަބާދީވަނީ ނަތީޖާތަކުގައި ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވިފައިވަނީ ވޯޓު ގުނަން ބޭނުން ކުރި އިލެކްޓްރޯނިކް މެޝިންތައް ކުރިން ޗެކު ނުކޮށް ބޭނުންކޮށްފައިވުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލާގައި އިރާގުގެ އިލެކްޝަންސް ކޮމިޝަންގެ ނުވަ މެންބަރުން މަގާމުން ދުރުކޮށް މިހާރުވަނީ އާ މެންބަރުން އައްޔަން ކޮށްފައެވެ.
ހިޔާލު