Raeesge Dhekanbalun Eid salam Kurevvun Mifaharu Rasrani Bageechaagai
image
އީދު ސަލާމް ކުރެއްވުން މިފަހަރު ބާއްވަން ހަމަޖެހިފައިވަނީ ރަސްރަނި ބަގީޗާގައި---
0 ކޮމެންޓް
 

ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މިފަހަރު ރަސްރަނި ބަގީޗާގައި

ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުން ކުރިއަށް އޮތް ފިތުރު އީދު ދުވަހު އީދު ސަލާމް ކުރުން ބާއްވަން ހަމަޖެހިފައިވަނީ ރަސްރަނި ބަގީޗާގައި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. dhi2
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ފިތުރު އީދު ދުވަހު އީދު ސަލާމް ކުރުން އޮންނާނީ ރަސްރަނި ބަގީޗާގައި ކަމަށާއި ސަލާމް ކުރުން އޮންނާނީ ހެނދުނު ނުވައެއް ޖަހާއިރުން ފެށާިގެން 10 އެއް ޖަހަންދެން ކަމަށެވެ. މުއާޒު ވިދާޅުވީ އީދު ސަލާމް ކުރުމަށް ވީހާ ވެސް ގިނަ ބަޔަކު ވަޑައިގެންނެވުމަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށެވެ.

އީދު ސަލާމް ކުރުން ރައީސްގެ ދެކަނބަލުން ކޮންމެ އީދެއްގައި ވެސް ބާއްވައެވެ. ނަމަވެސް މީގެ ކުރިން ބާއްވަމުން އައިސްފައިވަނީ މުލިއާގޭގައެވެ. މިއީ ހުޅުވާލެވިފައިވާ ސަރަހައްދެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ހިޔާލު