VFP Badhige Mexican-Rice
image
މެކްސިކަން ރައިސް ތައްޔާރުކޮށްފައި--
0 ކޮމެންޓް
މަދިހާ އިބްރާހީމް
 

ވީއެފްޕީ ބަދިގެ: މެކްސިކަން ރައިސް

ރޯދަ މަހަށް ހާއްސަކޮށްގެން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވީއެފްޕީ ބަދިގެ ސެގްމެންޓުގައި މި ގެނެސްދޭ ރެސްޕީތަކުން ކާ މޭޒުމަތި އިތުރަށް ފުރިހަމަ ވެގެން ދާނެކަމުގެ އުއްމީދުގައެވެ. dhi2
މެކްސިކަން ރައިސް

މިއަދު މި ގެނެސްދެނީ ތަފާތު ރެސްޕީ އެކެވެ. މިއަދު ހާއްސަ މިކޮށްލަނީ މެކްސިކަން ރައިސް ހަދާނެގޮތް ބުނެ ދިނުމަށެވެ

ބޭނުންވާ ތަކެތި

1 ދަޅު ޕީލްޑް ޓޮމާޓޯ
1 ފިޔާ (ކުދިކުދިކޮށް ކޮށާފައި)
2 ޖޯޑް ޗިކަން ސްޓޮކް
½ 1 ސައިސަމުސާ ލޮނު
½ ސައިސަމުސާ މުގުރި ދިރި
3/1 ޖޯޑް ތެޔޮ
2 ޖޯޑު ބާސްމަތީ ރައިސް
2 ބޮޑު މިރުސް
5 ލޮނުމެދު (ޗިސްކޮށްފައި)
¼ ކޮރިއެންޑަރ ލީފް (ކުދިކޮށް ކޮށާފައި)
2 ލުނބޮލުގެ ހުތް

ތައްޔާރުކުރާނެ ގޮތް

ޓޮމާޓޯ އަދި ފިޔާ ބްލެންޑަރަކަށް އަޅާލުމަށްފަހު ރަގަޅަށް ޕޭސްޓްގަނޑަކަށް ވަންދެން ހިމުންކޮށްލާށެވެ. ދެން ތެއްޔަކަށް މިބައި އަޅައިލުމަށްފަހު އޭގެތެރެއަށް ޗިކަން ސްޓޮކާއި ލޮނު އަދި ދިރި އަޅާފައި މަޑުގިނީގައި ރަގަޅަށް ކައްކާލާށެވެ.
ދެން އެހެން ތެއްޔަކަށް ތެޔޮފޮދެއް އަޅާފައި ތެޔޮފޮދު ހޫނުވުމުން ހަނޑޫކޮޅު އަޅާލާފައި 8-10 މިނެޓް ވަންދެން ކައްކާލާށެވެ. ދެން އޭގެތެރެއަށް ބޮޑުމިރުސްކޮޅު އަޅާލާފައި 2މިނެޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު ލޮނުމެދުކޮޅު އިތުރު 30 ސިކުންތު ވަންދެން ކައްކާލާށެވެ. ދެން އެއަށްފަހު ޓޯމާޓޯ ޕިޔުރީގަނޑު އޭގެތެރެއަށް އަޅާލާ އެއްކޮށްލުމަށްފަހު މަތި ޖަހައި 15މިނެޓް ވަންދެން ކައްކާލާށެވެ. ދެން އުނދުންމަތިން ތެލި ބޭލުމަށްފަހު ކޮރިއެންޑަރ އަދި ލުނބޯހުތް އަޅާލާފައި އެއްކޮށްލާށެވެ.
ހިޔާލު