Singapore ge Iguthisaadhee Tha'araqee ah Kim Shauguverive Vadaigenfi
image
ކިމް ޖޮންގް އުން
0 ކޮމެންޓް
 

ސިންގަޕޫރުގެ އިގުތިސާދީ ތަރައްގީއަށް ކިމް ޝައުގުވެރިވެ ވަޑައިގެންފި

ސިންގަޕޫރުގެ އިގުތިސާދީ ތަރައްގީއާމެދު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ޝައުގުވެރިވެވަޑައިގެންފިއެވެ. Dhiraagu
ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް ހޮޓެލްގައި ހުންނަވައިގެން، އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއާ ދައްކަވަމުން ކިމް ވިދާޅުވީ ސިންގަޕޫރުގެ އިގުތިސާދު ތަރައްގީކޮށްފައިވާ ގޮތާއި މެދު ޝައުގުވެރިވެވަޑައިގަންނަވާ ކަމަށާއި އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދަން ބޭނުންފުޅުވާ ކަމަށެވެ.

މެރީނާ ބޭ ސޭންސްޑް ހޮޓެލްގައި ހުރެ ބަލާލާއިރު ފެންނަނީ ސާފު އަދި ރީތި މަންޒަރެއް ކަމަށް ކިމް ވިދާޅުވިއެވެ. އަދި ސިންގަޕޫރުގެ އިގުތިސާދާއި ބެހޭ ގިނަ މައުލޫމާތުތަކެއް ލިބިއްޖެ ކަމަށްވެސް ކިމް ވިދާޅުވިއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައްދަލުވުމަށް ދެ ބޭފުޅުންވެސް ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ.
ހިޔާލު