Fiorentina Ge Captain Astori Ge Maruge Hageegai Haamakoffi
image
އަސްޓޯރީ ފޮޓޯ:---
0 ކޮމެންޓް
 

ފިއޮރެންޓީނާގެ ކެޕްޓަން އަސްޓޯރީގެ މަރުގެ ހަގީގަތް ހާމަކޮށްފި

ޓީމު ހޮޓެލްގެ ކޮޓަރިއެއް ތެރޭގައި މަރުވެފައި އޮތްވާ ފެނުނު ފިއޮރެންޓީނާގެ ކުރީގެ ކެޕްޓަން އަސްޓޯރީ މަރުވި ސަބަބު އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓުން ހާމަވެއްޖެ އެވެ. Dhiraagu
އަސްޓޯރީގެ ޕޯސްޓް މޯޓަމް ރިޕޯޓު ބުނާ ގޮތުގައި އޭނާގެ މަރުވީ ކުރިން ވެސް ބެލެވުނު ގޮތަށް، ހިތް ހުއްޓިގެންނެވެ. ނަމަވެސް އޭނާގެ ހިތް ހުއްޓުނީ ކުރިން މީޑިއާތަކުން ރިޕޯޓް ކުރި، "ބްރެޑީކާޑިއާ" ނުވަތަ ހިތުގެ ވިންދު ދަށްވަމުން ދަށްވަމުން ގޮސް އެންމެފަހުން އެއްކޮށް ހުއްޓިގެނެއް ނޫނެވެ. އޭނާ މަރުވީ "ޓަޗީކާޑިއާ" ގެ ސަބަބުންނެވެ. ޓަޗީކާޑިއާގެ ސަބަބުން އިންސާނާގެ ހިތް ކުއްލި ގޮތަކަށް އަސްލު ރޭޓަށްވުރެ ބާރަށް ވިންދު ޖަހަން ފަަށައެވެ. އަދި މިގޮތަށް ވަމުން ގޮސް އެންމެފަހުން ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމަށް މެދުވެރިވެއެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ޓަޗީކާޑިއާ އަކީ ކުރިން ދެނެގަނެވި ފަރުވާދެނޭ ކަމެކެވެ. ނަމަވެސް އަސްޓޯރީއަށް މި މައްސަލަ ދިމާވާކަން ފިއޮރެންޓީނާ ޓީމުގެ މެޑިކަލް ޓީމަށް ދެނެނުގަނެވުނީ ކީއްވެތޯ އެތައް ބަޔަކު ވަނީ ސުވާލު އުފައްދަން ފަށާފައެވެ.

މިހޯދުމުމާއެކު މިހާރު ބެލެވޭ ގޮތުގައި އަސްޓޯރީ މަރުވީ ނިދީގައެއް ނޫނެއެވެ. އެހެނީ "ޓަޗީކާޑިއާ"ގެ ސަބަބުން އޭނާގެ ހިތް ފާލުން ނެއްޓި މާބާރަށް ވިންދު ޖަހަން ފެށުމުން އޭނާއަށް ހޭލެވޭނެ ކަމަށް ޑޮކްޓަރުން ބުނާތީއެވެ. މިހެންކަމުން އެހެން ބަޔަކަށް އޭނާއަށް ފަރުވާ ދެވުނު ނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް ޑޮކްޓަރުން ބުނެއެވެ.

އުމުރުން 31 އަހަރުގެ ޑޭވިޑް އަސްޓޯރީ ހޮޓަލުގެ ކޮޓަރި ތެރޭގައި މަރުވެފައި އޮތްވާ ފެނުނީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އޭނާގެ މަރާ ގުޅިގެން އިޓަލީގެ އެ ހަފްތާގެ ހުރިހާ މެޗެއް ކެންސަލް ކުރިއިރު ފިއޮރެންޓީނާއިން ވަނީ އޭނާގެ ނަމުން އެކްލަބުގެ ދަނޑަކަށް ނަން ދިނުމުގެ އިތުރުން އޭނާ ބޭނުން ކުރަމުން އައި 13 ނަމްބަރު ޖާޒީ "ރިޓަޔަރ" ކޮށްފައެވެ.

ހިޔާލު