Eh Maa bandu 5 Kudhin Maruvehje
image
އެއްމާބަނޑު 5 ކުދިންގެ ތެރެއިން 4 ކުދިން
0 ކޮމެންޓް
 

އެއް މާބަނޑު ފަސް ކުދިން މަރުވެއްޖެ

ސޫދާންގެ އަންހެނަކު، ދުވަސް ނުފުރައި ވިހެއި އެއް މާބަނޑު ފަސް ކުދިން މަރުވެއްޖެއެވެ.
އެ ކުދިން މަރުވެފައިވަނީ، ސޫދާންގެ ސިޓީއެއް ކަމުގައިވާ އޮމްޑޫރްމަންގެ ހޮސްޕިޓަލެއްގައެވެ. އެ ފަސް ކުދިން މަރުވެފައިވަނީ އުފަންވިތާ 30 ގަޑިއިރުގެ ތެރޭގައެވެ.

ފަސް ކުދިންގެ މަރާ ގުޅިގެން ސޫދާންގެ ހޮސްޕިޓަލުން އާއިލާއަށް ދިން ލިޔުމުގައި ބުނެފައިވާ ގޮތުން އެ ކުދިން މަރުވީ ހަށިގަނޑުގައި ލޭ ދައުރުވުން ދަށްވުމުގެ ސަބަބުންނެވެ. އެ ކުދިންގެ ފުއްޕާ މޭ ވަރަށް ކުޑަ ކަމަށާއި އެހެން ކަމުން ނޭވާލުމުގެ ނިޒާމު ފެއިލްވެފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. އެ ފަސް ކުދިން ވިހާފައިވަނީ ބަނޑަށް 28 ވަނަ ހަފުތާގައެވެ.

ސޫދާނަކީ ޅަފަތުގައި ކުދިން މަރުވާ ނިސްބަތް ގިނަ ގައުމެކެވެ. ސޫދާންގެ ހެލްތު މިނިސްޓްރީން ހާމަ ކުރި ގޮތުގައި އެ ގައުމުގައި އުފަންވާ ކުދިންގެ ތެރެއިން 49 އިންސައްތަ ކުދިން ޅަފަތުގައި މަރުވުމުގެ ފުރުސަތު ބޮޑެވެ.
އެފްރިކާ ސޫދާން
ހިޔާލު