Justin Bieber ai Hailey Baldwin ekugai ulheythy selena ah Asarukohfi
image
ސެލޭނާ ގޮމޭޒު---
0 ކޮމެންޓް
 

ޖަސްޓިންއާއި ހައިލޭ އެކުގައި އުޅޭތީ ސެލީނާ ގޮމޭޒްއަށް އަސަރުކޮށްފި

ލަވަ ކިއުންތެރިޔާ ޖަސްޓިން ބީބާއާއި ސެލީނާ ގޯމޭޒް ގެ ލޯބީގެ ވާހަކަތަކަކީ އެތައް ބައެއްގެ ޝައުގުވެރިކަން ހުއްޓިފައިވާ ވާހަކަތަކެކެވެ. ޖަސްޓިން ބީބާއައި ސެލީނާ ގޮމޭޒު ވަކިވި ހަބަރަކީ އެ ދެ މީހުންނަށްވުރެ އެ ދެ މީހުންނަށް ތާއީދު ކުރާ ފަރާތްތަކަށް ލިބުނު ހިތާމައަކަށްވި ފަދައެވެ. kobadoctor
ދެ ލޯބި ވެރިން ވަކިވުމުގެ ހިތާމަ ހަމައެކަނި ސެލީނާ ކުރާ ފަދައެވެ. ޖަސްޓިން ބީބާއާއި އެމެރިކާގެ މަޝްހޫރު މޮޑެލް ހެއިލީ ބޮލްޑްވިން ލޯބީގެ ގޮތުން ގުޅެމުންދާ ވާހަކަދަނީ ފެތުރެމުންނެވެ. އެ ވާހަކަތައް ފޭނުން އަޑު އަހަން ތިބި އިރު ސެލީނާއަށް އެ ވާހަކަތައް ވަނީ އަޑު އަހަން ދަތި ވާހަކަތަކަކަށެވެ.

ސެލީނާވަނީ ޖަސްޓިން ބީބާއާއި ހައިލޭ އެކުގައި އުޅޭތަން ފެނުމުން ވަރަށް ދެރަވާ ކަމަށް ބުނެފައެވެ.

ސެލީނާ ބުނެފައިވާ ގޮތުގައި އެދެތަރިންގެ މެދުގައި ކޮންމެ މައްސަލައެއް ޖެހި ވަކިވިޔަސް އޭނާގެ ކުރީގެ ލޯބިވެރިޔާ ޖަސްޓިން ހައިލޭ އާއެކު އުޅޭ މަންޒަރު ފެނުމުން އޭނައަށް ބުނެދޭން ނޭގޭހާ ފުން އަސަރުތަކެއް ކުރެވައެވެ. ނަމަވެސް މިހާރު ސެލީނާއެކު ޖަސްޓިން ނެތް ކަން ހުދު އެނާ ވެސް ގަބޫލު ކުރާ ކަމަށާއި ޖަސްޓިންއަށް އޭނާ ބޭނުން މީހަކާއެކު އުޅެވޭނެ ކަމަށް ސެލީނާ ގަބޫލު ކުރާ ކަމަށް ސެލީނާގެ ބައެއް ގާތް މަސްދަރުތަކުން ވަނީ ބުނެފައެވެ.
ހިޔާލު