121 Million Dollar Haradhukohgen Bridge eh Alhanee
image
ދުބާއީގައި ގާއިމުކުރާ ބުރިޖުގެ ކުރެހުމެއް
5 ކޮމެންޓް
 

121 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ބްރިޖެއް އަޅަނީ

ދުބާއީގައި ތަރައްގީ ކުރާ ޑީރިއަ އައިލެންޑްސް އާ ގުޅުވާލާ ބުރިޖު ގާއިމު ކުރަން 447 މިލިއަން ޔޫއޭއީ ދިރްހަމް (ގާތްގަނޑަކަށް 121 މިލިއަން އެމެރިކާ ޑޮލަރަށް) ބަޔަކާ ހަވާލުކޮށްފިއެވެ. muni
ދިގުމިނުގައި 600 މީޓަރު ހުންނަ މި ބުރިޖަކީ 12 ލޭން ހިމެނޭ ބްރިޖެކެވެ. ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވާޑެ އެޑަމްސް ކޮންސްޓްރަކްޝަންއާއެވެ. ބްރިޖުގެ މަސައްކަތް 2020 ވަނަ އަހަރުގެ ޖޫން މަހަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ދުބާއީގެ ޑީރިއަ އައިލެންޑްސް ތަރައްގީ ކުރުމަށް 8.5 ބިލިއަން ޔޫއޭއީ ދިރްހަމް (ގާތްގަނޑަކަށް 2.5 ބިލިއަން އެމެރިކާ ޑޮލަރު) ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދުބާއީގައި 13 ކިލޯމީޓަރު ދިގު ބްރިޖެއް އެޅުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. 107 މިލިއަން ޑޮލަރު ހަރަދު ކޮށްގެން އަޅާ އެ ބްރިޖަކީ ޝިންދަގާ ކޮރިޑޯ މަޝްރޫއުގެ ބައެކެވެ. ޝިންދަގާ ކޮރިޑޯ މަޝްރޫއަކީ 13 ބިލިއަން ޑޮލަރު ހަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ހިޔާލު

މަްންތާ

އަލަށް ބުރިޖެއް ދިވެހިންނަށް މި ފެންނަނީ އެހެންވީމާ ނޭންގޭނެ ވ ގަމާރު ވާނެ

ބިޓު

މާލެ ބުރިޖގެ ހާލު ވަރައް ސާފު ވެއްޖެ.

އަހުމަދު

ސުރުހީން ހީކުރެވުނީ ރާއްޖެތެރޭގެ އަތޮޅެއްގެ ހުރިހާރަށެއް ގުޅާލުމަށް ބްރިޖެއް އަޅަނީކަމަށް.
މިހާރުގެ ބިޔަ ބްރިޖް ނިމޭއިރު އަލުން ދިވެހި ރާއްޖެތެރޭމިކިޔަ މީހުންވެސް ގުޅާލެވެނީކަށް...

ވެލިގާ

13 ކިލޯ މީޓަރު ފާލަމުގެ އަގު 107 މިލިޔަން ޑޮލަރު 2542 ފޫޓް ފާލަން 350 މިލިޔަން ޑޮލަރު ފާލަމައި ފެނުން ހަކަތަ އުފައްދާ ތަންތަން ހަދާ ދުނިޔޭގެ 2 ވަނަ އެންމެ ބޮޑު ކުންފުނި ހަދާ އަގާއި ބަޔަކު ދުވަހަކު އަޑުވެސް ނައަހާ ބަޔަކުގެ އަގުގެ ތަފާތު ދިވެހިން ވެސް ވިސްނާލުމަށް ދޫ ކޮށްލާނަން

ޙުސެންމަނިކު

މިތާ 300 މިލިއަނަށް މި އަޅަނީ ފާލަންގަޑެއް