VFP Badhige:Mongolian beef and spring onions
image
މޮންގޯލިއަން ބީފް އެންޑް ސްޕްރިންގ އަނިއަންސް ތައްޔާރުކޮށްފައި--
0 ކޮމެންޓް
މަދިހާ އިބްރާހީމް
 

ވީއެފްޕީ ބަދިގެ: މޮންގޯލިއަން ބީފް އެންޑް ސްޕްރިންގ އަނިއަންސް

ރޯދަ މަހަށް ހާއްސަކޮށްގެން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވީއެފްޕީ ބަދިގެ ސެގްމެންޓުގައި މި ގެނެސްދޭ ރެސްޕީތަކުން ކާ މޭޒުމަތި އިތުރަށް ފުރިހަމަ ވެގެން ދާނެކަމުގެ އުއްމީދުގައެވެ. dhi2
މޮންގޯލިއަން ބީފް އެންޑް ސްޕްރިންގ އަނިއަންސް

މިއަދު މި ގެނެސްދެނީ ތަފާތު ރެސްޕީ އެކެވެ. މިއަދު ހާއްސަ މިކޮށްލަނީ މޮންގޯލިއަން ބީފް އެންޑް ސްޕްރިންގ އަނިއަންސް ހަދާނެގޮތް ބުނެ ދިނުމަށެވެ

ބޭނުންވާ ތަކެތި

2 ސައިސަމުސާ ތެޔޮ
1 މޭޒުމަތީ ސަމުސާ ލޮނުމެދު (ކުދިކުދިކޮށް ކޮށާފައި)
½ ސައިސަމުސާ އިނގުރު (ގާނާފައި)
½ ޖޯޑު ސޯޔާސޯސް
½ ޖޯޑު ފެން
3/2 ޖޯޑު ޑާކް ބްރައުންޝުގަރ
1 ޕައުންޑް ބީފް (4/1 އިންޗިއަށް ކޮށާފައި)
4/1 ޖޯޑު ކޯން ސްޓާރޗް
2 ބަންޗް ސްޕްރިންގ އަނިއަން (2 އިންޗިއަށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

ތެއްޔަކަށް ތެޔޮފޮދު އެޅުމަށްފަހު ލޮނުމެދު އަދި އިނގުރު އަޅާފައި 30 ސިކުންތުވަންދެން މެދު ގިނީގައި ކައްކާލާށެވެ. އެއަށްފަހު އޭގެތެރެއަށް ސޯޔާސޯސް، ފެން އަދި ބްރައުންޝުގަރ އަޅާފައި 4މިނެޓްވަންދެން ކެއްކުމަށްފަހު އުނދުންމަތީން ބާލާފައި އެއްކައިރީގައި ބަހައްޓާލާށެވެ.
ބީފްކޮރޅު ތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ކޯންސްޓާޗް އަޅާފައި ރަގަޅަށް ބީފްކޮޅުގައި ހާކާލާށެވެ. އަދި 10 މިނެޓްވަންދެން ބަހައްޓާލާށެވެ.
ތެއްޔަކަށް ތެޔޮ ފޮދެއް އެޅުމަށްފަހު ރަގަޅަށް ހޫނުވުމުން އޭގެ ތެރެއަށް ބީފްކޮޅު އަޅާލާފައި 2މިނެޓް ވަންދެން ތެލުލާށެވެ.
ދެން ބީފްކޮޅު އެހެން ތެއްޔަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ކުރިން ތައްޔާރުކުރި ސޯސް ގަނޑާއި ސްޕްރިންގ އަނިއަންސް އަޅާލާފައި 2މިނެޓް ވަންދެން ކައްކާލާށެވެ.
ހިޔާލު