India ah Helicopterthakeh Vihkan Ninmaifi
image
އަޕާޗޭ އެޓޭކް މަރުކާގެ ހެލިކޮޕްޓަރެއް
2 ކޮމެންޓް
 

އިންޑިއާއަށް ހެލިކޮޕްޓަރުތަކެއް ވިއްކަން ނިންމައިފި

އިންޑިއާގެ އަސްކަރިއްޔާއަށް ހެލިކޮޕްޓަރުތަކެއް ވިއްކުމަށް އެމެރިކާއިން ނިންމައިފިއެވެ. kobadoctor
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި އޭއެޗް-64އީ އަޕާޗޭ އެޓޭކް މަރުކާގެ ހަ ހެލިކޮޕްޓަރު އިންޑިއާ އަސްކަރިއްޔާ އަށް ވިއްކުމަށް ވަނީ ނިންމާފައެވެ. އެ އެއްބަސްވުމަކީ 930 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެކެވެ.

އިންޑިއާއަށް ހެލިކޮޕްޓަރު ވިއްކުމުގެ އެއްބަސްވުން، ފާސްކުރުމަށް މިހާރު ވަނީ އެމެރިކާގެ ކޮންގްރެސްއަށް ފޮނުވާފައެވެ. އެ އެއްބަސްވުމާމެދު ކޮންގްރެސް އިން މައްސަލައެއް ފާހަގަ ނުކޮށްފި ނަމަ އެ އެއްބަސްވުމައިގެން ކުރިއަށް ދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާއިން ދޭ ހެލިކޮޕްޓަރުތަކުގެ ސަބަބުން އިންޑިއާއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އެމެރިކާއިން ބުނެއެވެ. އެ އެއްބަސްވުމުގެ ދަށުން އެމެރިކާއިން ދޭ ހެލިކޮޕްޓަރުތަކަކީ ނައިޓް ވިޝަން ސެންސާ އާއި ޖީޕީއެސް ގައިޑެންސް އަދި ހެލްފަޔާ އެންޓި-އާމަރ ހިމެނޭ ހެލިކޮޕްޓަރުތަކެކެވެ.
ހިޔާލު

ސަރަނގު

ހަބަރު ފެށީ ވިއްކަމުން ނިމުނީ ދީގެން

ރެހެންދި

ދިވެހިރާއްޖެއިންތޯ އިންޑިއާއަށް ހެލިކޮޕްޓަރުތަކެއްވިއްކަނީ ؟؟