Sanju ge Trailer Belumahfahu Sanjay ge Thaureefuves Ranbir Ah
image
ސަންޖޭ ދަތާއި ރަންބީރް ކަޕޫރް--
0 ކޮމެންޓް
 

ސަންޖޫގެ ޓްރެއިލާ ބެލުމަށްފަހު ސަންޖޭގެ ތައުރީފުވެސް ރަންބީރަށް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު ސަންޖޭ ދަތު ގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމު "ސަންޖޫ" ގެ ޓްރެއިލާ ސަންޖޭ ބެލުމަށްފަހު އެފިލްމުގައި ސަންޖޭގެ ރޯލު ކުޅޭ އެކްޓަރު ރަންބީރަށް އޭނާ ތައުރީފުކޮށްފިއެވެ. muni
"ސަންޖޫ" ގައި ރަންބީރު ދައްކުވައިދީފައިވާ އެކްޓިންނަށް ދޭނެ އިތުރު ލަފައެއް އޮތްތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ސަންޖޭ ބުނީ، އޭނާއަށް އިތުރު ލަފައެއް ދޭން ބޭނުން ނުވާކަމަށާއި ޓްރެއިލާއިން އެކަނިވެސް އޭނާގެ ފުރިހަމަ ހުނަރު ފެނިފައިވާކަމަށެވެ. ރަންބީރަށް އިތުރު ކާމިޔާބީއަށް އެދެމުން ސަންޖޭ ބުނީ ފިލްމު ބަލަން އޭނާ ކެތްމަދުވެފައި ހުރިކަމަށެވެ.

އެފިލްމުގެ ޓީޒާ މިދިޔަ އޭޕްރީލް މަހުގެ 23 ގައި އާއްމުކޮށްފައިވާއިރު ފިލްމުގެ ޓްރެއިލާ އާއްމުކޮށްފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހެވެ. ޓީޒާގެ އިތުރުން ޓްރެއިލާ އާއްމުކުރި ހިސާބުން ފެށިގެން ސަންޖޭގެ ރޯލުން ފެނިގެންދާ ރަންބީރު ކަޕޫރުގެ ކުޅަދާނަ އެކްޓިންއަށް ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތައުރީފްކުރަމުންނެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް ނެރުމަށް ހަމަޖެހިފައިވާ އެފިލްމުގައި ސަންޖޭގެ ދިރިއުޅުމުގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުމަށްކުރި އަސަރާއި ހައްޔަރުކޮށް ޖަލުގައި ހޭދަކުރިގޮތް ފެނިގެންދާނެއެވެ.

ޖޫން މަހުގެ 29 ގައި ނެރުމަށް ހަމަޖެހިފައިވާ އެފިލްމުގައި ހީނުކުރާވަރުގެ ތަފާތު ކަންތައްތަކެއް ފެންނާނެކަމަށް ސަންޖޭ މީގެކުރިން ބުނެފައިވާއިރު، އެފިލްމުގައި އޭނާގެ ކުރީގެ ލޯބިވެރިޔާގެ ވާހަކަތައް ވެސް ހިމެނޭނެއެވެ.

ސަންޖޭގެ ރޯލު އެހާމެ ފުރިހަމަވެ، ގިނަ ބަޔަކު އެރޯލު ކުޅެފައިވާ ރަންބީރަކީ އެރޯލަށް އެންމެ ހައްގު ފަރާތްކަމަށް ބުނަމުން އަންނައިރު މިފިލްމުގެ ސަބަބުން ރަންބީރުގެ ފިލްމީ ކެރިއަރަށް ބޮޑެތި ކާމިޔާބީތައް ލިބިގެންދާނެކަމަށް ބެލެވެއެވެ. ރަންބީރު އެންމެ ފަހުން ފެނިގެންގޮސްފައިވަނީ އޭ ދިލް ހޭ މުޝްކިލުން ނަމަވެސް އެފިލްމަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.
ހިޔާލު