Raees Kamah Gotabhya Inthibaabu Kuran Thaaeedheh Nukuran: Atul Keshap
image
ގޮތަބްހަޔަ ރާޖަޕަކްސަ
3 ކޮމެންޓް
 

ރައީސް ކަމަށް ގޮތަބަޔަ އިންތިހާބު ކުރަން ތާއީދެއް ނުކުރަން: އަތުލް ކެޝަޕް

ސްރީލަންކާގެ ރައީސް ކަމުގެ މަގާމަށް އެގައުމުގެ ކުރީގެ ޑިފެންސް ސެކެރެޓްރީ ގޮތަބަޔަ ރާޖަޕަކްސަ، އިންތިހާބު ކުރަން ތާއީދު ނުކުރައްވާ ކަމަށް އެމެރިކާއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެއްޖެއެވެ. kobadoctor
ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ސަފީރު އަތުލް ކެޝަޕް ވަނީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާ ބައްދަލުކުރައްވާ، އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުންވެސް ގޮތަބަޔަ އަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް ލަންކާގެ ނޫސްތަކުން ހާމައެއް ނުކުރެއެވެ.

ގޮތަބަޔައަކީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ލަންކާ ސަރުކާރުގެ ބައެއް އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ.

ގޮތަބަޔަ އަށް ތާއީދު ނުކުރައްވާ ކަމަށް ސަފީރު އަތުލް ކެޝަޕް ވިދާޅުވި އިރު، ސަފީރު އަތުލް ކެޝަޕްގެ ސަފީރު ކަމުގެ މުއްދަތު ހަމަވާން މިހާރު ވަނީ ކައިރިވެފައެވެ.
ހިޔާލު

ސަފަރު

މީނަޔާ ކޮންބެހޭ ކަމެއް

އަޑު

އެއީ އެމެރިކާ، އެހެންވާނީ، އެކަމަކު މިރާއްޖެ އަކަށް އޭނަ އަކަށް ބަހެއް ނުބުނެވޭނެ.

އަހަންމާބެ

މީނާ ކޮންމެހެން ތާއީދުކުރާ މީހެއްތަ ޤައުމުތަކުން އެޤައުމުތަކުގެ ވެރިންނަށް އިންތިޚާބުކުރަންވީ! ބޮޑު އުނދަގުލެއް ކަހަލަ މީހެއް.