Faidhaa Ithuru Kuran 3000 ah Vureh Gina Muvahzafun Vakikuranee
image
ޓެސްލާގެ ކާރެއް
0 ކޮމެންޓް
 

ފައިދާ އިތުރު ކުރަން 3000 އަށްވުރެ ގިނަ މުވައްޒަފުން ވަކި ކުރަނީ

ފައިދާ އިތުރު ކުރުމުގެ ގޮތުން 3000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ޓެސްލާ ކުންފުނިން ނިންމައިފިއެވެ. muni
ކާރު އުފައްދާ ކުންފުނި، ޓެސްލާއިން ހާމަ ކުރި ގޮތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަނީ ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކޮށް ފައިދާ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

މިދިޔަ އަހަރު ނިމުނު އިރު ޓެސްލާގައި 37،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައެވެ. 3،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާއިރު އޭގެ ތެރޭގައި ގިނައިން ހިމެނޭނީ އެންމެ ގިނައިން މުސާރަ ލިބޭ މީހުން ކަމަށް ޓެސްލާއިން ބުނެއެވެ.

ޓެސްލާގެ ފައުންޑަރެއް ކަމުގައިވާ މަސްކް ވިދާޅުވީ ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި ކުންފުންޏަށް އަހަރީ ފައިދާ ވެފައި ނުވާ ކަމަށެވެ. ނަމަވެސް މުވައްޒަފުންތަކެއް ވަކި ކުރުމަކީ "އުނދަގޫ ނިންމުމެއް" ކަމަށް ޓެސްލާގެ ފައުންޑަރު މަސްކް ވިދާޅުވިއެވެ.
ހިޔާލު